ads
ރަތްދަކަ އަވީގައި ގޮސް ކިއުގައި ޖެހިގެން ހުންނަންވީ އެވެ. ހެނދުނު ދާ މީހާއަށް ސާމްޕަލެއް ހެދެނީ ރޭގަނޑު ވާ ފަހުންނެވެ.
މަގުމަތީ އުޅޭ ޒުވާން ގުރޫޕާ ހެދިތަ؟ ސާމްޕަލް ނަގާ ގުރޫޕާ ހެދިތަ؟
ދެ އަހަރުވީއެވެ. ކޮވިޑުގައި މަށާއި މަގޭ އާއިލާ ހަފުސްވެ ނިމިއްޖެ އެވެ. ކާފަ ދުނިޔެ ދޫކޮށްފިއެވެ. މާމަ ވެސް އެދިޔައީ އެވެ. މަންމަ އުޅެނީ ކެއްސާ ވަރުން އަނގަ ބަންދު ނުވެގެންނެވެ. ބައްޕަ އެހެރީ ވަޒީފާއެއް ނެތިއެެވެ. ބޭބެ އެއުޅެނީ ވެސް އެ ހާލެއްގަ އެވެ. ދައްތަގެ ދެ ކުދިންގެ ތެރެއިން މިވަގުތު ދުނިޔޭގައި އެ ހުރީ އެންމެ ކުއްޖެކެެވެ. ކޮވިޑަށް ފިލުވައިގެން އެކުއްޖާ ގޭތެރޭ ގެންގުޅެ ގެންގުޅެ އެހުރީ ނަފްސާނީ ވެފަ އެވެ.
Advertisement

ދެން ހުރީ އަހަންނެވެ. އަހަރެން ވެސް ވަކި ކުރާނީ ކީއްހެއްޔެވެ؟ ކޮވިޑް ޖެހިފައި ރަނގަޅު ވިޔަސް އެ އުނދަގޫ ދުވަސްތަކުން އަރައެއް ނުގަނެވުނެވެ. އަދި ވެސް ރަނގަޅަކަށް ވަހެއް ނުދުވަ އެވެ. ނަފްސާނީ ގޮތުން މުޅި މީހާ މިހުރީ ބަދަލު ވެފައެވެ. ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ވެސް ނުކުރާހެން ހީވެއެވެ. 

ދިރިއުޅުމާއި ގޭތެރޭގެ ކަންކަމާއި ވިސްނަން ނުޖެހޭނެ ކަމަށް އަހަރެން އުންމީދު ކުރި ނަމަވެސް ޅަ އުމުރުގައި މިއަދު މިހުރީ އެ ހުރިހާ ޒިންމާއެއް ބޮލުގައި އަޅައިގެން ބޯ ގާނަ ގާނަ އިންނަން ޖެހިފަ އެވެ. މިހުރިހާ ކަމަކާ ވިސްނާ ވިސްނާ އަހަރެން މިހާރު މިހުރީ ޅަ އުމުރުގައި ބޮލުން ފަތްކޮޅު ފައިބާ ފަ އެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިގްތިސޯދު އިނދަޖެހި، މުޅި ގައުމު ބަންދުކުރަން މަޖުބޫރު ވާވަރުގެ ބައްޔެެެއް އައި ވާހަކަ އަހަރެން މީގެ ތިން އަހަރު ކުރިން އަޑުއެހީމެވެ. 

ނޫސްތަކާއި ޓީވީތަކުގެ ފަލަ ސުރުހީ ތަކުން ފެންނަމުން ދިޔައީ ޗައިނާ ފަދަ ބޮޑު އިގްތިސޯދެއް އެ ބައްޔަކާއި ހެދި އިނދަ ޖެހެމުންދާ ވާހަކަ އެވެ. މަގުމަތީގައި ހިނގާފައި ދަނިކޮށް އިންސާނާ ވެއްޓެނީ އެވެ. އެފަދައިން މުޅި މަގުމަތި ފުރި މީހުން މަރުވެގެން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވި އެވެ. މަދު ސިކުންތު ކޮޅެއްގެތެރޭ ބޮޑެތި ހޮސްޕިޓަލުތައް އެހެރަ ދިޔައީ ފުރިގެންނެވެ.

ދެ ވަނަ ވިސްނުމަކަށް ނުގޮސް މުޅި ގައުމު ކޮށްލީ ބަންދެވެ. ފަހަރަކު ގައުމެކެވެ. މި ނުރައްކާތެރި ބައްޔަށް އެމީހުން ކީ "ކޮރޯނާ ވައިރަސް" އެވެ. ދެން އެ ބަދަލުވީ "ކޮވިޑް-19" އަކަށެވެ. މިއަދާއި ހަަމައަށް ވެސް އެނަން ބަދަލު ނުވިކަން އެކަންޏެވެ. ދުވާލަކު ގޮތަކަށް ވައިރެސް، އަދި ހާލަތު ވެސް ދިޔައީ ބަދަލު ވަމުންނެވެ.

އެ ނުރައްކާތެރި ބަލި އަހަރެން މިއުޅޭ ކުޑަކުޑަ ރާއްޖެއަށް އަރާކަަށް ވެސް މާގިނަ ދުވަހެއް ނުނެގިއެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީތީ އަޑުއެހީމެވެ. "އަދި ހުން އަންނާނެ ކަމަށް ރަޖާ ލާކަށް ނޫވޭ ނޫން ހެެއްޔެވެ؟ ރާއްޖެއާއި ހިސާބަކަަށް ނާންނާން އެވެ. މިއީ މާ ސީރިއަސް ކަމެއްވެސް ނޫނެވެ."

ބުނާހާ އެއްޗަކަށް އާނހޫނ ކިޔައިގެން، އެޅިހާ ބަތަކަށް ރިހަވެގެން، ޖެހިހާ ބެރަކަށް ނެށި މީހުންގެ ލިސްޓުގައި އަހަންނެެއް ހަމަ ގައިމު ވެސް ނުހިމެނޭނެ އެވެ. އަހަރެން ހުރީ ރަޖާ އަޅައިގެންނެވެ. އެހެންވެ، ނާންނާނެއޭ ބުނި ހުންގަނޑު ރާއްޖެއާއި ހަމަޔަށް އައިސް، ފައިބައިގެންދިޔަ އިރު އަހަރެން އިރާދަކުރެއްވީތީ ސަލާމަތްވި އެވެ. 

އޭރު ސަރުކާރުން ރަޖާ އަޅަން ފަށައިފިއެވެ. ޚުދު ރައީސް ނަޝީދު ވެސް އިންނެވީ ރަޖާ ތުރުކުރައްވައިގެނެވެ. އެވަރުން ނުވެގެން ރާއްޖެއާއި ހަމައަށް ނާންނާނެއޭ ވިދާޅުވާން އިންނެވި ގޮނޑިކޮޅު ވެސް އެ ހިސާބަށް ދިޔައިރު އިނީ ހުސްކޮށެވެ. މުޅި ރާއްޖެ ބަންދުކޮށްލައިފި އެވެ. ހުރިހާ ތަކުލީފެއް ޖެހުނީ އަހަރެން ކަހަލަ "ނިކަމެތި ރައްޔިތުން" ނަށޭ މިބުނާ މީހުންނަށެވެ. 

ރަޖާ ނާޅައި ތިބި މީހުން ވެސް ރަޖާ ދަށަށް ނުވަދެ ފަރުޖެހޭ ގޮތެއް ނުވިއެވެ. އެހެންކަމުން ވަރަށް ހަލުވިކަމާ އެކު އެރި ރާޅެއްހެން އަނެއްކޮޅުން އެފަހަރު ފައިބައިގެން ވެސް ހިނގައްޖެ އެވެ. ހަމަ ފައިބައިގެން ދިއުމާ އެކު އިގްސާދު އިނދަ ޖެހެނީ ކަމުގެ ބަހުސް ފެށިއްޖެ އެވެ. އަނހާ! ދެން އެވީ ބަންދުކުރި ބޯޑަރު ހުޅުވާލާށެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގެ ވެސް ބޯޑަރު ނުހުޅުވައި އުޅެނިކޮށް ރާއްޖޭގެ ބޯޑަރު ހުޅުވާލައި، "ރަންބިސް އަޅާ ކުކުޅު" އޮތް ކޮށި ވެސް ހުޅުވީ އެވެ. އެހެން ނަހަދަން އާދޭސް ކުރި މީހުން އާދޭސް ކޮށްކޮށް ޖެހުނީ ތިބޭށެވެ. 

ރާއްޖޭގެ މަލަމަތިން ރަޖާ ނެގުމާ އެކު ދެނަކާއި ދެނެއް ނުބަލައި، މުޅި ރިސޯޓްތައް އެދިޔައީ ފުރިގެންނެވެ. އެޔާ އެކު ކޮވިޑް ކޭސްތައް ވެސް ދެ ވަނަ ފަހަރަށް ރާއްޖެއަށް "ޒިޔާރަތްކޮށް" މުޅި ރާއްޖެ ފުރާލައިފިއެވެ. ސަރުކާރަށް މިކަންވީ ލިބުނު ކާމިޔާބީ އަކަށެވެ. 

ފަތުރުވެރިންނާ އެކު ރާއްޖެއަށް ޒިޔާރާތްކުރި ކޮވިޑް ކޭސްތައް އަދި މިތަނަކުން އެފަހުން ފައިބައިގެނެއްް ނުދެއެވެ. އޭގެފަހުން އެކި "ކޮވިޑް ވޭރިއަންޓުތަކުގެ ތިން ވަފުދު" ރާއްޖެ ޒިޔާރާތް ކޮށްފިއެވެ. ފައިބައިގެން ދާންޖެހުނީ، އަދި ދުނިޔެ ދޫކޮށް ވެސް ދާންޖެހުނީ ހަމަ އެއްކަލަ ނިކަމެތި ދިވެހި ރައްޔިތުމީހާ އެވެ. ކުރާނީ ކީއްތޯ އެވެ؟ ނިކަމެތި އަހަރެން ފަދަ ރައްޔިތުންނަށް އޮތީ ކެތްކުރުމެވެ. ނުވަތަ އެޗްޕީއޭއިން އެހަކަށް ދުވަހަކު ބުނިގޮތަށް ބައްޔާއެކު އުޅޭށެވެ. 

ކޮވިޑްގެ ތިން ވަނަ ވަފުދު މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ވެސް ސަރުކާރުގައި ތިއްބަވާ މަތީ ފަންތީގެ ބޭފުޅުންނާއި ސިޔާސީ މަތީ ފަންތީގެ ބޭފުޅުންނާއި ހެދިކަން އެއީ އެންމެނަށް އެގޭ ބޮޑު ސިއްރެކެވެ. 

އެޗްޕީއޭގެ ބޭފުޅުން "ޝަރުތެއް ނެތި" ލުއި ދެއްވަނީ ވެސް މި ބޭފުޅުންނަށެވެ. ނަމަވެސް ކުށްވެރިވަނީ އަހަރެމެން ކަހަލަ ނިކަމެތި ރައްޔިތުންނެވެ. އަހަރެމެންނަށް ލުއި ދެއްވެން އޮންނަނީ ކޮންމެ ވެސް ޝަރުތެއް މަތިކޮށްފައެވެ.

ފުރަތަމަ ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށެވެ. ދެން ބުނީ ތިން ވަނަ ޑޯޒެއް ވެސް ޖަހަންވާނެ ކަމަށެވެ. އެވެސް ޖެހީ އެވެ. އެވަރުން ވެސް ކޭސްތައް މަދެއް ނުވިއެވެ. ކޭސްތައް ހުރީ 15،000 ން މަތީގައެވެ. 

މިވީ ދެ އަހަރުތެރޭ ކޮންމެ ފަހަރަކު އެޅީ ދޯދިޔާ ފިޔަވަޅު ތަކެކެވެ. އެއިން "ބޭފުޅުންނަށް" ކުރީ މާލީ ފައިދާ އެވެ. ކޭސްތައް ދަށް ނުވިތާ ނިކަމެތި ރައްޔިތުންނަށް ދިނީ އިތުރު ތުރާލެކެވެ. 

"ހަރުދަނާ ފިޔަަވަޅެއް" ނާޅައިގެން އިހަކަށް ދުވަހަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކޮށްލުމުން ވިދާޅުވި އަޑުއިވުނީ، ތަންތަން ބަންދުކުރިޔަސް، މަގުމަތީ އުޅޭ ޒުވާން ގްރޫޕާއި ހެދި ކޮވިޑް ކޮންޓްރޯލެއް ނުވާނެ ކަމަށެވެ. އެވިދާޅުވި "ޒުވާން ގުރޫޕަކީ" އެހެންވިއްޔާ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނެވެ.

އެގޮތަކީތޯ އެވެ. އެންމެ ފަހުން ދެން ބުނީ 72 ގަނޑިއިރު ނުވާ ސާމްޕަލް ޓެސްޓަކާއި ނުލާ ރަށަށް ވެސް ނުދެވޭނެ ކަމަށެވެ. އެކަން ވެސް މިދަނީ ކުރަމުންނެވެ. ނަމަވެސް ރައްޔިތުންނަށް މިކަމުން ވެސް އޮތީ ހަމަ ތުރާލެވެ. 

ރަތްދަކަ އަވީގައި ގޮސް ކިއުގައި ޖެހިގެން ހުންނަންވީ އެވެ. ހެނދުނު ދާ މީހާއަށް ސާމްޕަލެއް ހެދެނީ ރޭގަނޑު ވާ ފަހުންނެވެ. ސާމްޕަލް ހަދާފައި ގެއަށް އައިސް ތިން ދުވަސްތެރޭ ފުރަންޖެހޭ އިރު، ޓިކެޓު ނަގައި ފައިސާ ދައްކަން މިޖެހެނީ ލަފާ ކޮށްލައިގެންނެވެ. 

އަނެއްކޮޅުން ފުރާ ދުވަސް ޖެހި، ފުރާ ވަގުތު ޖެހި، ލޯންޗު ނައްޓާލާއިރުވެސް ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ ފަހަރު މަދެއް ނޫނެވެ. އަނެއްކޮޅުން ނެގި ޓިކެޓުގެ ފައިސާކޮޅު ވެސް ލިބެނީ މަދު ފަހަރަކު އެވެ. ސާމްޕަލް ލިބޭއިރު ލޯންޗު އޮންނަނީ ކަނޑުމަތީ ދަތުރު ފަށާފައެވެ. އޭރު އަހަރެންގެ ޓިކެޓު އޮތީ ކެންސަލް ވެފައެވެ. އަތްދަބަސް ހިފައިގެން އެނބުރި ގެއަށް އައިސް އަނެއް ފަހަރު ދާންވީ އެއްކަލަ ދިގު ކިއޫގައި ޖެހިގެން ހުންނާށެވެ. ނޫނީ ލޯންޗެއް ހޯދާށެވެ. 

your imageފޮޓޯ އަވަސް

ނަމަވެސް ސިޔާސީ ބޭފުޅުންނަށް ހަމަ މިހެންތޯ އެވެ؟ އަހަރެމެން ޒުވާން ގުރޫޕް ސާމްޕަލް ކިއޫގައި ތިއްބާ، ކުރިއަށް އޮތް ބައި އިލެކްޝަނަށް މިބުނާ ސިޔާސީ ގުރޫޕް ކޮމަންޑޫއަށް ގޮސްގޮސްފައި އެއަންނަނީ ކިތައް ފަހަރުތޯ އެވެ؟

އަަހަރެމެން "ޒުވާން ގުރޫޕަށް" ކިއޫގައި ތިން ހަތަރު ފަހަރަށް ޖެހިގެން ރަށަށް ދެވޭއިރު، އަނެއްކޮޅުން އޮންނަނީ ޕޮޒިޓިވް ވެފައެވެ. ރަަށަށް ގޮސް ފުރަތަމަ ޖެހެނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާށެވެ. ނޫނީ ބަލީގެ ވޭނުގައި އޮންނާށެވެ. ސާމްޕަލް ނަގަން ދިޔައިރު، ހަމަ ގައިމުވެސް ހުރީ ރޯގާ ޖެހިފައެއް ނޫނެވެ. ނަމަވެސް އެތަނުގައި ތިން ހަތަރު ގަޑިއިރު، ހުރެފައި އަންނައިރު މި ހުންނަނީ ވާނެ ހަތަރު އެއްޗެއް ވެފައެވެ. 

your imageސާމްޕަލް ނަގަން އެތަނުގައި ކިއޫގައި ތިބި ބައެއް——ފޮޓޯ: އަވަސް

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކޮވިޑް ކޭސްތައް 2000 މައްޗަށް ޖެހިލާ އިރަށް އެޗްޕީއޭގެ އުސޫލުން 50 އަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ކުރިޔަސް ސާމްޕަލް ކަލެކްޝަން ސެންޓަރު ތަކެކޭ އިހްތިޖާޖެއް ކުރުމަށް މަގުމައްޗަށް ނިކުމެ ތިބި ބަޔެކޭ އެއްވަރެވެ. މުސްކުޅިންނާއި ކުޑަކުދިންނެވެ. މާބަނޑު މީހުންނާއި ކުޑަކުދިންނެެވެ. ހަމަ ގައިމު ވެސް އެތަނުގައި 50 އަށްވުރެ ގިނަ މީހުން ތިބޭނެ އެވެ. ނަމަވެސް ސާމްޕަލް ޓެސްޓު ކުރަން ހުރީ އެންމެ މޭޒެކެވެ. 

ރައްޔިތުންނަށްވާ އުނދަގޫ އެއްކައިރީގައި ބާއްވާށެވެ. އެތަނުގައި ފިތި ބާރުވެގެން އެތައް ގަޑިއިރެއް ހޭދަކޮށް ސާމްޕަލް ނަގައިގެން އަންނައިރު ކޮވިޑް ނުޖެހޭ މީހާ ވެސް ހުންނާނީ މިހާވަރުވީމަ ކޮވިޑް ޖެހިފައި ނޫންތޯއެވެ؟

your imageމާލޭ ސަރަހައްދުގެ ސާމްޕަލް ކަލެކްޝަން ސެންޓަރެއް

މަގުމަތީގައި އުޅޭ ދެތިން ޒުވާނުންގެ ކިބައިން ފެތުރޭ ކޮވިޑަށް ވުރެ ހަމަ ގައިމު ވެސް މި ސާމްޕަލް ސެންޓަރުތަކުން ކޮވިޑް ފެތުރޭލެއް އަވަސްކަން ގައިމެވެ. ދައްކަން ހުރިއްޔާ ވަރަށް ގިނަ ވާހަކަ ހެއްކާ އެކު ވެސް މިގޮތަށް ދެއްކިދާނެ އެވެ. ނަމަވެސް އަހަރެން މާ ދިގެއް ނުކުރާނަމެވެ. ކުރުކޮށް ފޮނިކޮށް ނިންމާލާނަމެވެ.

މި އާ އަހަރެއް ފެށުނު ފަހުން ކޮވިޑް ކޭސްތައް 2000 އިން މަތިވެގެން މިއުޅޭ ދަނޑިވަޅުގައި 29 ރަށަށް އަރައިފޭބުން މަނާކޮށްފައި މިހާރު ވެސް އޮތް އިރު ނޫސްވެރިއެއްގެ ހައިސިއްޔަތުން އަހަރެން ގުޅާލި ކޮންމެ ރަށަކުން ވެސް ދިނީ އެއް ޖަވާބެކެވެ. 

"މާލެއިން 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮވެގެން އައިމީހާ ފުށުން އަލާމާތްތައް ފެނިގެން ޓެސްޓުކުރި އިރު ޕޮޒިޓިވްވެގެން އިތުރު ކޭސްތަކެއް ފެނުނީ" އެވެ. ދެން އިތުުރު ތަފްސީލަކަށް ނުދިޔަ ނަމަވެސް، މިއީ ވަރަށް ވާހަކަ އެވެ.

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް