ads
އުގޫފާރުގައި ހިނގި އެކްސިޑެންޓް: ފޮޓޯ/އުގޫފާރު.ކޮމް
އުނގޫފާރު އެކްސިޑެންޓެއްވެ، މީހެއްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައިފި
ރ. އުގޫފާރުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، އަނިޔާވި ފިރިހެން މީހާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ ކަމަށް އުގޫފާރު ހޮސްޕިޓަލުން ބުނެފިއެވެ.

މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނަކަށެވެ.

މިއަދު އުގޫފާރުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައި ވަނީ އެ ރަށު ޕޮލިސްސްޓޭޝަނުން އުތުރަށް އޮންނަ ގޯޅީގައެވެ.

އެއީ އެރަށު ބަނދަރުން އެއްގަމަށް އައި ސައިކަލަކާއި، ޕޮލިސް ސްޓޭޝަން ކުރިމަތިން އޮންނަ ބޮޑު މަގުން އުތުރަށް ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށް އެ ރަށު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔާން ވިދާޅު ވިއެވެ.

އެ އެކްސިޑެންޓް ގައި އަނިޔާވެފައިވާ މީހާގެ ސައިކަލުގައި ޖެހުނު އަނެއް ސައިކަލް ދުއްވަން އިނީ އުގޫފާރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހެއް ކަމަށާއި، އަނިޔާވި މީހާ އަކީ ފުޅާދާއިރާ އެއްގައި އުގޫފާރުގައި ވިޔަފާރި ކުރަމުންދާ ވިޔަފާރި ވެރިއެއް ކަމަށްވެސް ޒަޔާން ވިދާޅުވިއެވެ.

އަނިޔާވި ފިރިހެންމީހާ ހޮސްޕިޓަލަށް ގެނެވުމާއެކު، ސީޓީ ސްކޭން ހެދިފައި ވާކަމަށާއި، ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި ރެނދު ލައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަނިޔާ ލިބުނު މީހާ ވަނީ އިތުރު ފަރުވާ އަށް މާލެ ފޮނުވާފައި ކަމަށް ވެސް ޒަޔާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް