ads
ކޮލަމާފުށި---ފޮޓޯ:ސޯ×ަލް މީޑިއާ
ކޮލަމާފުށި ހިމެނޭހެން 30 ރަށެއް ކޮވިޑާއި ގުޅިގެން ބަންދު
ކޮވިޑް-19 އާއި ގުޅިގެން ގއ. ކޮލަމާފުއްޓަށް އަރާ ފޭބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މަނާ ކޮށްފިއެވެ.

ކޮލަމާފުއްޓަށް އަރާފޭބުން އެޗްޕީއޭއިން މަނާ ކުރީ، ރޭ 20:34 ގައި ކަމަށް އެ އޭޖެންސީއިން ވަނީ ބުނެފައެވެ. 

ކޮލަމާފުށި ކައުންސިލްގެ ނައިބު ރައީސް ޝަހާމަތް ހަނީފް ސީއެންއެމް އަށް ވިދާޅުވީ، ރަށުގައި މިހާތަނަށް 13 އެކްޓިވް ކޭސް އެއް އެބަތިބި ކަމަށާއި، އެހެން ނަމަވެސް މިއަދަދުތައް އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވެސް ގިނަ އަދަދެއްގެ ސާމްޕަލް ތަކެއްގެ ނަތީޖާ ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ހަނީފް ވިދާޅުވީ، ރަށު ތެރޭގައި ބަލި ފެތުރިފައި ވާކަމަށާއި، އެގޮތުން ފްލޫ ކްލިނިކް އަށް ދައްކާ ފަރާތްތަކާއި، ރެންޑަމްކޮށް ނަގާ ބަައެއް ސާމްޕަލްތައް ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށެވެ. 

ކޮވިޑް-19 ގެ ސަބަބުން އެރަށުގެ ހަ ގެއެއް މިވަގުތާއި ހަމައަށް ކަރަންޓީނު ކުރެވިފައި ވާކަމަށް ވެސް ހަނީފް ވިދާޅުވިއެވެ. 

ކޮލަމާފުށި ހިމެނޭހެން މިހާތަނަށް ރާއްޖޭގެ 30 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ. އެއީ، 

1 ކ. މާފުށި

2 ހއ. އިހަވަންދޫ

3 ހދ. ނޮޅިވަރަންފަރު

4 ށ. ފުނަދޫ

5 ބ. ދަރަވަންދޫ

6 ދ. ބަނޑިދޫ

7 ލ. ގަން

8 ގދ. ގައްދޫ

9 ރ. އުނގޫފާރު

10 ހދ. ހަނިމާދޫ

11 ކ. ގުރައިދޫ

12 ބ. އޭދަފުށި

13 ހއ. ދިއްދޫ

14 ތ. ގުރައިދޫ

15 ބ. ގޮއިދޫ

16 ޅ. ކުރެންދޫ

17 ހދ. ކުޅުދުއްފުށި

18 ލ. ދަނބިދޫ

19 ލ. ހިތަދޫ

20 ށ. ކަނޑިތީމު

21 ވ. ކެޔޮދޫ

22 ނ. ކުޑަފަރި

23 ގދ. ތިނަދޫ

24 ގދ. މަޑަވެލި

25 އދ. މަހިބަދޫ

26 ދ. ކުޑަހުވަދޫ

27 ދ. ހުޅުދެލި

28 ގދ. ވާދޫ

29 ށ. މިލަންދޫ

30 ގއ. ކޮލަމާފުށި

ރާއްޖޭގެ ގިނަ ރައްތަކެއް މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ވާއިރު، މިހާތަނަށް ރާއްޖެއިން، 122،777 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 2،609 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް