އެ އޮފީހަކަށް ބަޖެޓުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން އޮފީސްތަކުން ޚަރަދު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

Advertisement
އެ އޮފީހަކަށް ބަޖެޓުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން އޮފީސްތަކުން ޚަރަދު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ މާލިއްޔަތާއިބެހޭ ސަރކިއުލަރގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލު" އާއި އެއްގޮތަށް މި އަހަރުން ފެށިގެން ދައުލަތުގެ އެންމެހާ އޮފީސްތަކުން އަމަލުކުރަން ވާނެކަމަށެވެ.
މި އުސޫލުގެ 5 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ އޮފީސްތަކުން އާންމު ބަޖެޓުން ޚަރަދު ކުރަންވާނީ، އެ ބަޖެޓުގައި ދައުލަތުގެ އޮފީހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންކަމަށެވެ.
އަދި ދައުލަތުގެ އޮފީހަކުން އާންމު ބަޖެޓަށްވުރެ އިތުރަށް ކޮންޓިންޖެންސީގެ ގޮތުގައި ޚަރަދު ކުރަންވާނީ، މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައާއެކު، އާންމު ބަޖެޓުގައި ދައުލަތުގެ އޮފީހަކަށް ކަނޑައަޅާފައިވާ ފައިސާގެ 5 އިންސައްތަ އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންކަމަށެވެ. މި ސަރކިއުލަރއަށް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެންމެހާ އޮފީސްތަކުން އަމަލުކުރަންވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.