ads
ކޮވިޑް ބަލީގައި މަރުވި މީހަކު ވަޅުލާން ފަސް ކޮންނަނީ
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 272 އަށް!
ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖެއިން މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ރޭ ދަންވަރު 12:24 ހާއިރު، އދ. ދަނގެތި ހެލްތް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ބަލީގެ ސަބަބުން މަރުވެފައި ވާކަމަށެވެ. 

މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރާފަ އެވެ. އަދި މިއީ މިމަސް ތެރޭ ރާއްޖެއިން މިބަލީގައި މަރުވި 11 ވަނަ މީހާ އެވެ. 

ދަނގެތިން ރޭ މީހަކު މަރުވެފައި ވާއިރު، ޏ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ މީހަކު ވެސް ވަނީ އިއްޔެ ހަވީރު މަރުވެފައެވެ. 

ރާއްޖޭގައި ފަހަކަށް އައިސް ބަލި ފެތުރޭ މިންވަރު އިތުރު ވެފައިވާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއް ވެސް ވަނީ ބަލީގެ ސަބަބުން މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މިހާތަނަށް ރާއްޖޭގެ 30 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. 

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، 122،777 އަށް އިތުރުވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 2،609 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް