ads
މާލެ ސިޓީ މޭޔަރު ޑރ. މުޢިއްޒު
ގުޅިފަޅު މައްސަލާގައި ސަރުކާރާ ގޮވައިގެން ކައުންސިލުން ކޯޓަށް ދަނީ
ގުޅިފަޅު މައްސަލާގައި އަމަލު ކުރަމުންދާގޮތުން ސަރުކާރާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ކޯޓަށް ދާން ފާސްކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ކުރިން ނިންމާފައިއޮތީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ގުޅިފަޅު ހިއްކައި އެތަނުން ގޯއްޗާއި ފްލެޓު ދޫކުރުމަށެވެ. 

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ނިންމުން ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައިވަނީ ގުޅިފަޅުގަ އެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެކަން ނުކުރުމަށް ސަރުކާރަށް މީގެ ކުރިން ގޮވާލާފައެވެ. 

މިއަދު ކުރިއަށް ދިޔަ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 37 ވަނަ  ބައްދަލުވުމުގައި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވާހަކަ ދައްކަވަމުން  ވިދާޅުވީ ގުޅީފަޅަކީ މާލެ ރައްޔިތުން ގެދޮރުވެރި ކުރުމަށް އެކަނި ހާއްސަވާން ޖެހޭ ތަނެއް ކަމަށާއި، އެކަމާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާ ދެކޮޅަށް ކޯޓަށް ދާން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މާލެ ސިޓީގެ މޭޔާރު ޑރ. މުހައްމަދު މުއިއްޒު ވަނީ، ކައުންސިލް މެމްބަރުން އެކަމާ މެދު ދެކޭގޮތް ހޯދުމަށް ވޯޓަށް އަހާފައެވެ. 

ވޯޓަށް އެހުމުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، 16 މެމްބަރުންގެ ތެރެއިން 12 މެމްބަރަކު ވަނީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ފާސްކޮށްފައެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވިއެވެ. 

މިގޮތަށް ފާސްވެގެން ދިއުމުން މޭޔަރު ވިދާޅުވީ، މެމްބަރުން ބޭނުންވެވަޑައިގަންނަވާ ގޮތަށް މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ކައުންސިލްގެ ގާނޫނީ ޓީމުން ކުރަންޖެހޭ ކަންކަން ކުރުއްވާނެ ކަމަށާއި، އެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

މީގެ ކުރިން މި މައްސަލަ އާއި ގުޅިގެން މޭޔަރު ވަނީ ރައީސް ސޯލިހު އާ ވެސް ބައްދަލު ކުރައްވާފައެވެ. އެހެން ނަމަވެސް ބައްދަލުވުން ތަކުން މި މައްސަލައަށް ކުރިއެރުމެއް ލިބިފައި ނުވެއެވެ. 

ރައީސް ނަޝީދުގެ ސަރުކާރުގައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި ގުޅިފަޅު ހަމަޖައްސާ އެ ރަށް އާބަދު ކުރުމުގެގޮތުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް އޭރުގެ އިދިކޮޅު މީހުން އިސްވެ ތިބެގެން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ފަހު ގުޅިފަޅުގައި މީހުން އާބާދު ކުރުމަށް ރައީސް ނަޝީދު ފެއްޓެވި މަސައްކަތް ހުއްޓާލައި އެ ރަށުގައި މީހުން އާބާދުކުރުމުގެ މަސައްކަތް ހުއްޓާލި އެވެ.

ގުޅިފަޅު ހިއްކާ އެ ރަށް އާބާދުކުރުމަށް ރައީސް ނަޝީދު ފެއްޓިވި މަސައްކަތް ހުއްޓާލައި އެ ގުޅފަޅު ހުސްކުރުމުގެ މަސައްކަތް ކުރި އިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރު މާލޭގެ މޭޔަރު ޑރ. މުއިއްޒު އެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނެސް އުފެއްދި ސަރުކާރުން ގުޅިފަޅު އާބާދު ކުރުން ހުއްޓުވާލި ހުއްޓުވާލުމާ ދެކޮޅަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މަަސައްކަތެއް ކުރެއްވި ކަމަށް މީޑިއާތަކަށް ތިލަވެފައި ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް