މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ލ އަތޮޅުން ފެށިގެން ސ އަތޮޅާއި ދެމުގައިވާ ހިސާބުތަކަށެވެ.
އެއިދާރާއިން ބުނީ، މިއަދު ހެނދުނު 6:00 އިން ފެށިގެން މެންދުރު 12:00 އަށް މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ.
އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.