ads
ހުޅުމީދޫ….
ހުޅުދޫން ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
އައްޑޫ ސިޓީ ހުޅުދޫން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިހާރު އެރަށުގައި އަޅާފައިވާ 48 ފްލެޓްގެ ތެރެއިން 37 ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެއީ އޭ/ބީ ކެޓަގަރީގައި ހިމެނޭ ފްލެޓް ތަކެވެ. 

އޭ ކެޓަގަރީގައި ހިމެނޭ ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ދޭން ނިންމާފައިވަނީ 27 ފްލެޓެވެ. އަދި ބީ ކެޓަގަރީގައި ހިމެނޭ ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރުގެ ފަރާތްތަކާއި ހުޅުދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ދޭން ނިންމާފައިވަނީ 10 ފްލެޓެވެ. 

ސިޓީ ކައުންސިލުން ވަނީ މި ފްލެޓްތައް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލު އަދި ފްލެޓްގެ ފްލޯ ޕްލޭން ހިމެނޭ ކުރެހުން އެ އިޢުލާނާއެކު ޢާންމު ކޮށްފައެވެ. 

މި ފްލެޓްތަކަށް އެދުމުގެ އެންމއެ ފަހުގެ ތާރީހަކީ 27 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހެވެ.

           ފޯމު ދޫކޮށް ބަލައިގަންނާނީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. އޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށެވެ. ތިރީގައި މިވާ އީމެއިލް މެދުވެރިކޮށް، އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީޑީއެފް ފޯމެޓްގައި ހުށަހަޅުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.  

އަދި އެ އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް