މިއަދު އޮންލައިންކޮށް ބޭއްވި ހަފްލާގައި ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ޕަބްލިކް ސެކްޓަ ގަވަރނަންސް އާއި ޕަބްލިކް ސެކްޓަ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާނެއެވެ. މިގޮތުން ދެ މުއައްސަސާގެ މެދުގައި ތަމްރީނުގެ ފުރުސަތުތަކާއި ޢިލްމާއި ތަޖުރިބާ އާއި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވިގެން ދާނެ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
މިއަދު ބޭއްވި ހަފްލާގައި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެގައުމުގެ އޮޑިޓަ ޖެނެރަލް ދާތުކް ނިކް އަޒްމަން ނިކް އަބްދުލް މަޖީދް އެވެ. އަދި ދިވެހިރާއްޖޭގެ އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ފަރާތުނެ ސޮއި ކުރެއްވީ އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒީ ވިދާޅުވީ ސޮއިކުރެވިގެން މި ދިޔަ އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި އެއްބާރުލުން އިތުރުވެ، މުއައްޒަފުންގެ ޢިލްމާއި ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.