ads
މިނިސްޓަރު ނަސީމް ޕްރެސްގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.
Advertisement

ރާއްޖޭގައި އެންމެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު އިއުލާން ކުރީ މި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށެވެ. 

އެހެން ނަމަވެސް މިއަދު ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވަނީ އަންނަ މަހުގެ 28ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ދަންމާލަން ނިންމާފައިވާ ކަމަށެވެ. 

މީގެ އިތުރުން ގަރާރުގައި ބުނެފައިވަނީ، އަދިވެސް ރާއްޖޭގައި ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށާއި، އެހެން ކަމުން މި ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ އަރުވާފައި ވާކަމަށެވެ. 

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަންނަނީ ކޮންމެ މަހަކުން މި މުއްދައް އިތުރު ކުރަމުންނެވެ. 

ފަހަކަށް އައިސް ރާއްޖެއިން ގިނަ އަދަދެއްގެ މީހުން އަންނަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. 

އިއްޔެ އެކަނިވެސް ރާއްޖެއިން 2813 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް