ads
އދ. ބާރަށް ފޮޓޯ/ފޭސްބުކް
ބާރަށު ކައުންސިލުން ޑަބްލިއުޑީސީގެ މަސައްކަތަށް އެއްބާރުލުމެއް ނުދޭ: ރައިސާ
ހއ. ބާރަށު ޑަބްލިއުޑީސީގެ މެމްބަރުން ރަށުގެ އަންހެނުންގެ ތަރައްގީ އަށް ކުރަން ބޭނުންވާ ކަންތައްތަކަށް، ކައުންސިލުން އެއްވެސް އެއްބާރު ލުމެއް ނުދޭ ކަމަށް ބުނެ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އާބިދާ އަބުދުއް ރަހުމާން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
Advertisement

އާބިދާ  "ސީއެންއެމް" އަށް ވިދާޅުވީ، މިދައުރަށް ހޮވުނު ފަހުން އަންހެނުން ކޮމެޓީގެ މެމްބަރުން، ރަށުގެ އަންހެނުންގެ ކުރިމަގަށް ގިނަ ކަންތައްތަކެއް ކުރަން އެތައް މަސައްކަތެއް ކުރަން ވިސްނާ ކައުންސިލާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެކަންތައްތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވަނީ ކައުންސިލްގެ އެއްބާރުލުމެއް ލިބިފައި ނުވާތީ ކަމަށް ވެސް އޭނާ ވިދާޅު ވިއެވެ.

އެގޮތުން ގުރުއާން ކޯހަކާއި ކަށުކަމާކެމީގެ ކޯހެއް ވެސް ހިންގުމަށް މިހާރު ވެސް މަޝްވާރާ ކުރެވިފައިވާ އިރު، ގުރުއާން ކްލާސް ފެށޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އޭނާ ވިދާޅު ވިއެވެ. ގިނަ ގޮންޖެހުން ތަކެއް ހުރި ނަމަވެސް އެ ދަތިތަކާ އެކު މިފެށޭ މަހުގެ 15 ހިސާބުގައި ކަށުކަމާކެމީގެ ކޯސް ފެށޭ ވަރުވާނޭކަމަށް އާބިދާ ވިދާޅުވި އެވެ. 

"މިކޯސް އޮންނާނީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި،" އޭނާ ވިދާޅުވިއެވެ. 

ކޯހުގައި ކިޔަވައިދޭނީ މާލެއިން ދާ ދެ ބޭފުޅަކު ކަމަށާއި ހަފުތާއެއްގެ މުއްދަތަށް ހިންގާ ކޯހުގައި 11 މީހުން ބައިވެރިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގެ އަންހެނުން މިސްކިތުގައި ގުރުއާން ކުލާސް ބޭއްވުމަށް ވިސްނާފައި އޮތީ. ނަމަވެސް އެތަނުގައި ކިޔަވާ ބޭފުޅުންނަށް ފާހާނަ ކުރުމާއި ފެން ބޭނުން ވާނެތީ އެހީތެރިވެ ދެއްވުމަށް ކައުންސިލްގައި ތިން ފަހަރަކު އެދުނިން. ކައުންސިލްގެ އެއްވެސް އެއްބާރު ލުމެއް ނުލިބުނު." އާބިދާ ވިދާޅު ވިއެވެ.

ގްރުއާން ކުލާހަށް ގިނަ ބައެއްގެ ޝައުގުވެރި ކަން ފާޅުކުރަމުންދާ ކަމަށާއި، މިހާރުވެސް 40 މީހުން ލިބިފައިވާ ކަމަަށް ބުނެ، މިކަން ކުރެވެން ނެތީ ކައުންސިލުން އަންހެނުންގެ ކޮމެޓީ ނިކަމެތި ކުރަމުންދާތީ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޑަބްލިއުޑީސީން ކުރާ ތުހުމަތުތައް ދޮގު ކުރައްވާ ބާރަށު ކައުންސިލުގެ ރައީސް ސޮފްވަތު މުހައްމަދު ވިދާޅުވީ ޑަބްލިއުޑީސީން އަންހެނުންގެ މިސްކިތުގައި ހިންގަން ބޭނުންވާ ގުރުއާން ކޯސް ހިންގުމަށް އެބޭފުޅުން ކައުންސިލްގައި އެދިފައިވާ ކަމަށާއި އެ ކޯސް ހިންގަން އެ މިސްކިތް ލިބޭނެ ކަމަށެވެ.

ޑަބްލިއުޑީސީއަށް ކައުންސިލުން ދޭންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދޭކަމަށާއި، އެބޭފުޅުން އޭދޭ ކަންތައްތައް މަޝްވަރާ ކުރެވިގެން، ހުރިހާކަމެއް ކުރަމުންދާ ކަމަށް ކައުންސިލުގެ ރައީސް ސޮފްވަތު މުހައްމަދު ވިދާޅުވި އެވެ.

ކައުންސިލުން އެހެން ބުނި ނަމަވެސް ޑަބްލިއުޑީސީން ބުނަނީ ކައުންސިލުގެ އެއްބާރުލުން ލިބެމުންނުދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް