ފުލުހުން ބުނީ ހިރިމަރަދޫ އަތިރިމަތީގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 71 އަހަރުގެ އަންހެނެއްކަމަށެވެ.
އެމީހާ ފެނުނީ އަތިރިމަތިން ރާޅުޖަހާ ހިސާބު މޫދުގާ އޮށްވައެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އޭނާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެނިފައި ނުވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުންނަށް އެ މައުލޫމާތު ލިބުނީ އިއްޔެ 13:30 ހާއިރު އެވެ. ނަމަވެސް ފުލުހުން މިކަން ހާމަކުރީ ދާދީ ދެންމެ އަކުއެވެ.