
"ނިއޯކޮވް" ގެ ނަމުން ނަންދީފައިވާ މި ވޭރިއަންޓަކީ، އަދި މިހާތަނަށް ކޮވިޑް-19 ގެ ވޭރިއަންޓު ތަކުގެ ތެރެއިން ފެނިފައިވާ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާ ބޮޑު ވޭރިއަންޓު ކަމަށްވެސް ވޫހާންގެ ސައިންސްވެރިން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އަދި މި ވޭރިއަންޓު ފެނިފައިވަނީ، ސައުތް އެފްރިކާގެ ޖަންގަލިތަކުގެ ތެރޭ އުޅޭ ވާ ތަކެއްގެ ގައިން ކަމަށާއި، އެހެން ނަމަވެސް މި ވޭރިއަންޓު އިންސާނުންނަށް ޖެހުމުގެ ބިރު މިހާރު ހީވެފައި ވާކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން އެފަރާތްތަކުން ބުނެފައިވަނީ، ނިއޯކޮވް އަކީ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ މާރސް-ކޮރޯނާ ވައިރަސް އާއި ގުޅުން ހުރި ވައިރަސްއެއް ކަމަށެވެ.
އަދި މި ވޭރިއަންޓު އިންސާނުންގެ ހަށިގަނޑަށް ވަދެއްޖެނަމަ މި ވޭރިއަންޓު ޖެހޭ ކޮންމެ ތިން މީހަކުން އެކަކު މަރުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނެފައިވަނި، އަދި މި ވޭރިއަންޓުގެ ސަބަބުން އިންސާނުންނަށް ބިރެއް އޮތްތޯ ނުވަތަ ނޫންތޯ ބުނަން އަދި މާއަވަސް ކަމަށާއި، މި ވޭރިއަންޓާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ ޑަބްލިއުއެޗްއޯގެ ސައިންސްވެރިން މިކަމާއި ގުޅިގެން ތަހުލީލުތައް ކުރުމަށް ފަހު ކަމަށެވެ.
އަދި މިކަމާއި ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ދިރާސާ ކުރުމަށް ފަހު ކަމަށާއި، މިހާރުވެސް ޑަބްލިއުއެޗްއޯއިން އަޅަން އަންގާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ގައުމު ތަކުގައި ތަންފީޒު ކުރުމަށް އެއިދާރާއިން ވަނީ ހަނދުމަ ކޮށްދީފައެވެ.