ads
ބްރިޖްގައި ހިނގި އެކްސިޑެންޓެގައެތެރެއިން ފައިލް ފޮޓޯ
ހުޅުމާލެއަށް ބާރު ސްޕީޑުގައި ދިޔަ ކާރެއް ހައިވޭ ފެންސްގައި ޖެހި ދެމީހަކަށް އަނިޔާ ވެއްޖެ
ހުޅުމާލެއަށް ބާރު ސްޕީޑުގައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ، ހައިވޭ ފެންސްގައި ޖެހި ދެމީހަކަށް އަނިޔާ ވެއްޖެ

ފުލުހުން ބުނީ އަނިޔާލިބުނީ ފިރިހެނަކާއި އަންހެނަކަށް ކަމަށާއި، އެ ދެމީހުންނަށް މިހާރުދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ. މިދެމީހުންނަކީވެސް ކާރު ދުއްވަމުންދިޔައިރު ކާރުގައި ތިބި ދެމީހުން ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މިހާދިސާގެ ހަބަރު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 2140 ގައި ކަމަށެވެ. 

އޭގެ އިތުރުން ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލްނ ޖެހޭ ކަންކަން މިހާރު ބަލަމުން ގެންދާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް