ads
ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީން
ރައީސް ޔާމީނުގެ އިންޒާރު: ވަޒީފާގެ ޖާގަ ދޭނީ އެކު އުޅޭ މީހުންނަށް
2023 ގައި އޮންނަ ރިޔާސީ އިންތިހާބު ޕީޕީ އެމްއަށް ކާމިޔާބު ކުރެވިއްޖެ ނަމަ މިހާރު އެޕާޓީގައި ހަރަކާތްތެރިވާ މެނަރުންނަށް ޖާގަ ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ސަރުކާރު ވަޒީފާތައް ދޭނީ ހަމައެކަނި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށާއި ، އެޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް  އެ މީހުންގެ ވަޒީފާތައް އިއާދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނަށް 2023ގައި ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ ސަރުކާރު ވަޒީފާތަކުގެ ފުރުސަތު އެހެން ޕާޓީތަކުގެ މެންބަރުންނަށް ނުދެއްވާނެ ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ 2023 ގައި ޕީޕީއެމްގެ ސަރުކާރެއް، ރައްޔިތުންގެ ކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށް ވަންޏާ، ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، އެތަންތަނަށް ނަގާނީ ޕީޕީއެމްގެ މެންބަރުން ކަމަށެވެ. 

"އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ މީހުނަށް،" ޔާމިން ވިދާޅުވި އެވެ.

ޔާމީން މިހެން ވިދާޅުވެފައިވާއިރު ، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ފޯކައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގައި އާސަންދަ ލިބޭނީ ވަކި ފިކުރެއްގެ ބަޔަކަށް ކަމަށް ދޭހަވާ މޭރުމަކުން ގާސިމް ވަނީ ވާހަކަ ދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން މިހާ ވާދަވެރިިކޮށް ގޮސްފައިި، މިހާ އަނިޔާވެރިކޮށް ތިބި ބަޔަކު ރައްޔިތުންނާ މެދު އަމަލު ކުރަމުންދާއިރު  އެބަޔަކު މިނާ ނާޅިއަކުން މިނެލަން ޖެހޭ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން ސިޔާސީ މަސްރަހު ދުވަހެއް ދުވަހަކަށް ދަނީ ހޫނު ވަމުންނެވެ. އެދާއިރާގެ ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް