މިދިޔައަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓު ވަނީ އާންމު ކޮށްފައެވެ.
އާންމުކުރި ލިސްޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 3،316 އެވެ.
އެހެންނަމަވެސް މިއަދު އީސީން އާންމުކުރި ލިސްޓުގައި ހިމެނެނީ 3309 މީހުންނެވެ.
އެލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން ކަނޑައަލާ މަންދޫނުން ސޮއި ކުރުން އޮންނާނީ މާދަމާ ހަވީރު 3:00 ން 6:00 އަށް، އިންތިހާބާ ބެހޭ މަރުކަޒު(ބާ ޖަމާލުއްދީނު)ގއެވެ.
މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.