
ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ސޯލިހް ކޮވިޑުން ރަނގަޅުވުމާ ގުޅިގެން ދަތުރުކުރެއްވުމަށް ވެސް މިހާރު ވަނީ ހުއްދަ ލިބިވަޑައިގެންފައެވެ.
ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިހާރު އެމަނިކުފާނު ކޮވިޑުން ރަނގަޅުވެފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތެއްގައި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެވަޑައިގެންފައެވެ.
އިއްޔެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މި ދަތުރުފުޅުގައި ތުރުކީގެ ފޮރިން މިނިސްޓަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެރެޓަރީ ޝިއުނީން ރަޝީދު އިއްޔެ ވިދާޅުވީ، ތުރުކީ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއިމެދު ބާއްވާ ރަސްމީ ވާހަކަތައް ފެށޭނީ މިއަދުގެ ވަގުތެއްގައި ކަމަށާއި، އެބައްދަލުވުމުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.
އަދި މިއަދު ބޭއްވޭ ރަސްމީ ވާހަކަތަކަށްފަހު ތުރުކީ ސަރުކާރާއި ރާއްޖެއާއި ދެމެދު ބަދަލުކުރެވޭ ފަސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.