ads
ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް
25 ޓަނުގެ އައިސްޕްލާންޓެއް ކޮމަންޑޫގައި އެޅުމަށް ހަވާލު ކޮށްފި
ށ. ކޮމަންޑޫގައި އައިސްޕްލާންޓެއް އެޅުމަށް، ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފިއެވެ.

ފިޝަރީޒް މިނިސޓްރީން ފެނަކަ ކޯޕަރޭޝަން އާ ހަވާލު ކުރި މި މަސައްކަތް ފެނަކައިން ހަ މަސް ދުވަސްތެރޭ ނިންމަން ޖެހެއެވެ. މި މަޝްރޫއު އަކީ، ސަރުކާރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ކޮމަންޑޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ މި އައިސްޕްލާންޓުން 25 ޓަނުގެ އައިސް އުފައްދާއިއު، 50 ޓަނުގެ އައިސް ރައްކާ ކުރުމުގެ ގާބިލްކަން މި އައިސްޕްލާންޓުގައި ހުންނާނެއެވެ. 

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސް ވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސޮއި ކުރެއްވި އިރު، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ.

ކޮމަންޑޫގައި އައިސްޕްލާންޓެއް އެޅުމަށް ސަރުކާރުން ފެނަކަ އާއި ހަވާލުކޮށްފައި މިވަނީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ދާއިރާގެ ހުސްވެފައިވާ މަޖިލީހުގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. 

ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް އިއުލާން ކުރަމުން ދާއިރު، އިންތިހާބާއި ދިމާކޮށް މިފަދަ ކަންކަން ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. 

އިތުރު މަޝްރޫއު އެއް ކޮމަންޑޫގައި ހިންގަން ނިންމާފައި ވާއިރު، ސަރުކަރުން ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މިރޭ އެމަސައްކަތް ފެށިގެން ދާނެ ކަމަށް އެމްޓީސީސީއިން ވަނީ އިއުލާން ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް