އޫކްލާ އާ ހަވާލާދީ ދިރާގުން ބުނީ އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކައިގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފަ އެވެ.
އޫކްލާގެ އެވޯޑު ލިބުމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވިކަމަށް ދިރާގުން ބުނީ އޫކްލާ ފަދަ ބައިނަލް އަގުވާމީ މިނިވަން މުވައްސަސާ އަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށެވެ.
" އަދި ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް. މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ހިދުމަތްތަށް އެންމެ މަތީފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ފާހަގަކޮށް ވަނީ ފަހަގަކޮށް ޝުކުރު ދަންނަވާފައި،" ދިރާގުން ބުންޏެވެ.
އަދި ދިރާގު ކަސްޓަމަރުން ދިރާގަށް ކުރާ އިތުބާރާއި، ދިރާގުގެ ހިދުމަތްތަކަށް ދޭ ތަރުހީބަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެގޮތުން ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުއާސަލާތީ ހދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުންވަނީ ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތް ކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ވެސް ފޯރުކޮށްދީފައެވެ.
އަދި މި އެވޯޑްއަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށް "ޑިޖިޓަލް ރާއްޖެ“ އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ހެއްކެ ކަމަށް އެކުންފުނިން ބުނެއެވެ.
ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވާކް އޮޕަރޭޓަރުންގެ ތެރެއިނެ ހޮވާލެވޭ އެލީޓް ޑެލިގޭޝަންސް ތަކެއްކަމުގަޔާއި، މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓް އެއް ލީޑްކޮށް ނަގާކިޔޭވަރުގެ އިންޓަނެޓް ހިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތެއް ކަމަށާއި، އެގޮތުން ދިރާގުންވަނީ 2021 ވަނަ އަހަރުގެ ތިން ވަނަ އަދި ހަތަރު ވަނަ ކުއާޓާގައި ވަރުގަދަ ޕާފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދާފައިވައި ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިން ވެސް ލީޑްނަގާފައި ކަމަށް އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވެފައި ވެއެވެ.
ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ހިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.
އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް އެކުންފުނިން ބުނެއެވެ.