އެޗްޕީއޭއިން އެންމެ ފަހުން އަރާފޭބުން މަނާކުރީ ރ. އިނގުރައިދޫ އެވެ. އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރަށު ތެރޭގައި ބަލިމަޑުކަން ފެތުރެން ފެށުމުންނެވެ. އެގޮތުން އެރަށު ފްލޫ ކްލިނިކް އަށް ދެއްކި ފަރާތްތަކެއްގެ އިތުރުން ރެންޑަމް ސާމްޕަލް ތަކެއްވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އެރަށުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ސީދާ އަދަދު އަދި ހާމަ ކޮށްފައި ނުވި ނަމަވެސް އެރަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިހާރު ބައްޔަށް ޕޮޒިޓިވް ވެފައި ކަމަށް އެރަށުން މައުލޫމާތު ދިން ފަރާތަކުން ވަނީ ބުނެފައެވެ. އަދި ބަލިމަޑު ކަމާއި ގުޅިގެން 30 އަށް ވުރެ ގިނަ ގެ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ވާކަމަށް ވެސް އެރަށުން މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
އިނގުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު 12:00 ގައެވެ.
ރާއްޖޭގައި ބަލި އިންތިހާއަށް ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި ގިނަ ރައްތަކެއް ވެސް ވަނީ މިކަމުގެ ސަބަބުން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ރައްތަށް:
1 ކ. މާފުށި
2 ހއ. އިހަވަންދޫ
3 ހދ. ނޮޅިވަރަންފަރު
4 ށ. ފުނަދޫ
5 ދ. ބަނޑިދޫ
6 ލ. ގަން
7 ގދ. ގައްދޫ
8 ރ. އުނގޫފާރު
9 ހދ. ހަނިމާދޫ
10 ކ. ގުރައިދޫ
11 ބ. އޭދަފުށި
12 ހއ. ދިއްދޫ
13 ތ. ގުރައިދޫ
14 ބ. ގޮއިދޫ
15 ޅ. ކުރެންދޫ
16 ހދ. ކުޅުދުއްފުށި
17 ލ. ދަނބިދޫ
18 ލ. ހިތަދޫ
19 ށ. ކަނޑިތީމު
20 ވ. ކެޔޮދޫ
21 ނ. ކުޑަފަރި
22 ގދ. ތިނަދޫ
23 ގދ. މަޑަވެލި
24 އދ. މަހިބަދޫ
25 ދ. ކުޑަހުވަދޫ
26 ދ. ހުޅުދެލި
27 ގދ. ވާދޫ
28 ށ. މިލަންދޫ
29 ގއ. ކޮލަމާފުށި
30 ނ. މާޅެންދޫ
31 ބ. ކެންދޫ
32 ރ. ކިނޮޅަސް
33 ބ. ތުޅާދޫ
34 ރ. އިނގުރައިދޫ
ފަހަކަށް އައިސް ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދު އިތުރު ވެފައި ވާއިރު، އެޗްޕީއޭއިން އެންމެ ފަހުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 136،126 އަށް އިތުރު ވެފައެވެ. ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 17،589 އަށް އިތުރު ވެފައި ވާއިރު، ހޮސްޕިޓަލްތަކުގައި އެޑުމިޓް ކޮށްގެން 53 ފަރާތަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް 118،249 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 275 އަށް އަރާފައެވެ.