ads
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން -- ފޮޓޯ: ހޯމް މިނިސްޓްރީ
ޝަހްސިއްޔަތެއް ބިނާކުރާއިރު ވަރުގަދަ ގައުމީ ލޯތްބެއް އުފައްދަންޖެހޭ: މިނިސްޓަރު
ޝަހްސިއްޔަތެއް ބިނާކުރާއިރު އެންމެ މުހިއްމީ ވަތާނާއި ގައުމާ ދޭތެރޭގައި ނުގުޑާފަދަ ލޯތްބެއް އަށަގެންނެވުން ކަމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

މިނިސްޓަރު ވިދާޅުވީ ޝަހްސިއްޔަތެއް ބިނާކުރާއިރު ގައުމާ ދޭތެރޭގައި ނުގުޑާފަދަ ލޯތްބެއް އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އެފަދަ ބަޔަކު އުފެއްދިއްޖެނަމަ ގައުމީ ލޯބި އޮތް ކަން ސާބިތުކޮށްދޭން ޖެހޭ ވަގުތު ކެރިގެން އެކަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. 

ހުރަވީ ދުވަސް ފާހަގަކުރަނީ މަލާބާރީންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް އައްސުލްތާން ހަސަން އިއްޒުއްދީން ދޮންބަންޑާރައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޒިކްރާ އާކުރުމުގެ ގޮތުންނެވެ. 

ދޮންބަންޑާރައިންގެ ހަޔާތްޕުޅަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ ދިނާއި ގައުމުގެ ދިފާއުގައި މޭ އައްޑަނައަކަށް ހަދަން ކެރޭނީ ގައުމާ މެދު ވަރަށް ވަރުގަދަ ލޯތްބެއް އޮތް މަދު ބަޔަކަށް ކަމަށެވެ. ދޮންބަންޑާރައިންނަކީ އެފަދަ ހިތްވަރު ގަދަ ޝަހްސިއްޔަތަކަށް ވާތީ ދޮންބަންޑާރައިންގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުމަށްވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. 

މިނިސްޓަރު ވިދާޅުވީ މަޝްވަރާކޮށްގެން ކަންކަން ކުރުމަކީވެސް ދޮންބަންޑާރައިންގެ ހަޔާތްޕުޅުގައި ފެނިގެންދިޔަ ވަރަށް ރީތީ އާދައެއް ކަމަށެވެ. ދަރިވަރުންނަކީ ވެސް ދޮންބަންޑާރައިން ފަދައިން ކަންކަމުގައި މަޝްވަރާކުރުމުގެ އާދަ ހުރި ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ތައުލީމީ ދުވަސްވަރު ސުކޫލްތަކަކީ އެކަމަށް އެންމެ ރަނގަޅު މާހައުލު ކަމުގައިވެސް ވިދާޅުވި އެވެ. 

ހުރަވީ ދުވަހުގެ މިޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ނަމަވެސް އާލަސްކަންފުޅާ އުޅުއްވާތީ މިނިސްޓަރު އިމްރާން ރޭގެ ޖަލްސާގައި ބައިވެރިވެޑައިގެންފައެއް ނުވެ އެވެ. 

މިޖަލްސާގައި ތާޖުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ދޮންބަންޑާރައިންގެ ދުވަސްވަރު ހިނގާފައިވާ ކަންކަން ރަމްޒުކޮށްދޭ އައިޓަމެއް ހުށަހަޅައިދީފަ އެވެ. 

ރާއްޖޭގައި އެންމެ ފުރަތަމަ ހުރަވީ ދުވަސް ފާހަގަކުރަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް