ads
ރައީސް ޔާމީން ދުވާފަރުގައި ކުރިއަށް ދިޔަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަނީ
މައްސަލައިގެ ތާރީހް ތަކަށް ބަދަލުގެނައުން ގާނޫނާ ހިލާފް: ޕީޕީއެމް
ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެނދިއުމަށް އެކުލަވާލެވޭ ތާރީޚްތަކަށް، އެ ދެފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ގާނޫނުާ މުޅިން ހިލާފު ކަމެއްކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
Advertisement

ޕީ.ޕީ.އެމް އިން މިހެން ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ދެ ދައުވާގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާ ޢާންމުކޮށްފައިވާ ތާރީޚް އަވަސް ކުރުމަށް ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

ޕީޕީއެމްއިން ބުނީ މިހާރު އޮތް ގޮތުން ކުރިއަށް އޮތް 3 މަހެއްހާ ދުވަހު ކޮންމެ ދެދުވަހަކުން އެއްދުވަހަކުހެން ކަހަލަ ގޮތަކަށް ރައީސް ޔާމީން ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މިމައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައިކަންވެސް ފާހަގަ ކުރާ ކަމަށާއި، ހަމައެއާއެކު މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަ ކުރާ ކަމަށެވެ.

"ދާދި ފަހުން ސަރުކާރުގެ ވަޒީންނާއި މަޖިލީސް މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމް.ޑީ.ޕީގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމް ތަކުގައި ވެސް ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށާއި، ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާއި މީގެ އިތުރުންވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ އެކަމަށް ބާރު އަޅާ މަސައްކަތް ކުރަމުން ދާކަންވެސް ވަނީ ހާމަވެފައެވެ." ޕީޕީއެމް ގެ ބަޔާނުގައި ވެއެވެ.

އެ ޕާޓީން ބުނީ އެހެންކަމުން ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމް.ޑީ.ޕީ ގެ ފަރާތުން ނުފޫޒު ފޯރުވާ އަތްބާނައިގެން އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް އެކުލަވާލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށްވެސް އެޕާޓީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް