ads
ހދ. ވައިކަރަދޫ
ކޮވިޑް-19: ވައިކަރަދޫވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި
ރަށު ތެރޭގައި ބަލި ފެތުރެން ފެށުމާއި ގުޅިގެން ހދ. ވައިކަރަދޫ އާއެކު މޮނީޓަރިންގެ ހާލަތަށް 35 ރަށެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ގެނެސްފިއެވެ.

އެޗްޕީއޭއިން ވައިކަރަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ، ރަށުގެ ފްލޫ ކްލިނިކް އަށް ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ދެއްކި ބައެއް ފަރާތްތައް ބަޔްޔަށް ޕޮޒިޓިވް ވެފައި ވާތީއެވެ. 

ވައިކަރަދޫ ހެލްތު ސެންޓަރުން ބުނީ ، އެރަށުން ޖުމްލަ 61 ފަރާތެއް ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އަދި މިވަގުތާއި ހަމައަށް 16 ފަރާތެއް އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބަތިބި ކަމަށާއި، ބަލީގެ ސަބަބުން އެރަށުން 17 ގެ އެއް މިވަގުތު ކަރަންޓީނު ކުރެވިފައި ވާކަމަށެވެ. 

ހެލްތު ސެންޓަރުން އިތުރަށް ބުނީ، ރަށު ތެރެއިން ރެންޑަމް ސާމްޕަލްތައް ނެގުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި އިތުރު މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ތިބެދޭނެ ކަމަށްވެސް ސެންޓަރުން ވަނީ ބުނެފައެވެ. 

ފަހަކަށް އައިސް ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ވަނީ އިންތިހާއަށް އިތުރު ވެފައެވެ. އަދި މިއީ ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" ގެ ސަބަބުން ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވެފައި ވާއިރު، ރާއްޖޭގެ 35 ރަށެއް ވަނީ މިކަމުގެ ސަބަބުން މިވަގުތާއި ހަމައަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. 

މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ރައްތަށް:

1 ކ. މާފުށި

2 ހއ. އިހަވަންދޫ

3 ހދ. ނޮޅިވަރަންފަރު

4 ށ. ފުނަދޫ

5 ދ. ބަނޑިދޫ

6 ލ. ގަން

7 ގދ. ގައްދޫ

8 ރ. އުނގޫފާރު

9 ހދ. ހަނިމާދޫ

10 ކ. ގުރައިދޫ

11 ބ. އޭދަފުށި

12 ހއ. ދިއްދޫ

13 ތ. ގުރައިދޫ

14 ބ. ގޮއިދޫ

15 ޅ. ކުރެންދޫ

16 ހދ. ކުޅުދުއްފުށި

17 ލ. ދަނބިދޫ

18 ލ. ހިތަދޫ

19 ށ. ކަނޑިތީމު

20 ވ. ކެޔޮދޫ

21 ނ. ކުޑަފަރި

22 ގދ. ތިނަދޫ

23 ގދ. މަޑަވެލި

24 އދ. މަހިބަދޫ

25 ދ. ކުޑަހުވަދޫ

26 ދ. ހުޅުދެލި

27 ގދ. ވާދޫ

28 ށ. މިލަންދޫ

29 ގއ. ކޮލަމާފުށި

30 ނ. މާޅެންދޫ

31 ބ. ކެންދޫ

32 ރ. ކިނޮޅަސް

33 ބ. ތުޅާދޫ

34 ރ. އިނގުރައިދޫ

35 ހދ. ވައިކަރަދޫ

ފަހަކަށް އައިސް ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދު އިތުރު ވެފައި ވާއިރު، އެޗްޕީއޭއިން އެންމެ ފަހުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 138،880 އަށް އިތުރު ވެފައެވެ. ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 17،770 އަށް އިތުރު ވެފައި ވާއިރު، ހޮސްޕިޓަލްތަކުގައި އެޑުމިޓް ކޮށްގެން 63 ފަރާތަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 2،754 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

ރާއްޖެއިން މިހާތަނަށް 120.821 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 276 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް