ads
މިހާރުގެ ސިޓީ ކައުންސިލުން މާރުކާޓަށް ހެދިހެން ކަންކަން ނުކުރާނަން!
މިހާރުގެ ސިޓީ ކައުންސިލުން ލޯކަލް މާރުކޭޓަށް ހެދިހެން ކަންކަން ނުކުރައްވާނެ ކަމަށް މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް) ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ އިތުރުކާފް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް މަނިކް ވިދާޅުވީ މާލޭހިޔާއާއި ސިނަމާލެ ފްލެޓްތައް އަބަދު ހަދަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ މޭޔަރު ކަމުގައި އެތަންތަން ތަޅާލުމަށްފަހު އެބިމުގައި ބޮޑު އިމާރާތެއް އަޅާނެކަމަށް އާދަމު މަނިކު ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން ކުރާނީ މިހާރުގެ ސިޓީ ކައުންސިލުން މާރުކޭޓަށް ހެދިހެން ނޫން ކަމަށް ވިދާޅުވި އެވެ. 

"... ތަޅާލާއިރުގާ މިހާރުގެ ސިޓީ ކައުންސިލުން މާރުކޭޓަށް ހެދިގޮތް ކަމަކުނުދާނެ. އެއީ ޕްލޭނެއް ތައްޔާރު ނުކޮށް، ހަދާނެ ލާރި ނުހޯދާ އެކަން ކުރުމުގެ ގާބިލުކަން ނެތި ބަޔަކު މަގުމަތި ކޮށްލީ. މިހާރު ފަސްމަސް ދުވަސް ވެއްޖެ ނޫންތޯ އެމީހުން ގެންގުޅޭ އެތިކޮޅު އަވީލައިގެން މަގުމަތީގައި ތިބޭތާ. އެހެން ކަންކޮށްގެން ކަމަކުނުދާނެ." މާރުކޭޓު މައްސަލައިގައި މިހާރުގެ ސިޓީ ކައުންސިލުން އަމަލުކުރި ގޮތަށް ފާޑު ވިދާޅުވެ އާދަމު މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭ ހިޔާއާއި ސިނަމާލެ ފްލެޓްތައް ތަޅާލާއިރު އެތަނުގައި ދިރިއުޅޭ މީހުނަށް ވަގުތީ ބޯހިޔާވަހިކަން ލިބޭނޭ ގޮތެއް ހަމަޖައްސަވާނެ ކަމަށެވެ. މާލޭ ހިޔާއާއި ސިނަމާލެ ފްލެޓްތައް ހުރި ތަނުގައި މިހާރު ހުންނަނީ ހަތަރު ބުރީގެ އިމާރާތްތައްކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ އެތަނުގައި އަލަށް ހަދާނީ 20 ބުރީގެ އިމާރާތެއް ކަމަށެވެ. އަދި އެތަނުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތާއި ހަފްލާތައް ބޭއްވޭނެ ތަނަކާއި، ޕާކްކުރެވޭނެ ގޮތް ހަދާނެ ކަމަށްވެސް އާދަމު މަނިކު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް