ads
ފޮޓޯ: ޔާމީން ރަޝީދު
މާކަނާ ޝޯ އުފެއްދި ޔާމީން ރަޝީދަށް ބޮޑެތި ގައުމުތަކާ ވާދަކޮށް ވަރުގަދަ އެވޯޑެއް ލިބިއްޖެ
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދު "މާކަނާ ޝޯގެ" އުފެއްދި ޔާމީން ރަޝީދުގެ ކުރު ފިލްމަކަށް ކްރިޓިކްސް ޗޮއިސް އެވޯޑް ލިބިއްޖެއެވެ.

ސިންގަޕޫރުގައި ކުރިއަށް ދިޔަ "ވޯލްޑް ފިލްމް ކާނިވަލް" ގައި ޔާމީން އުފެއްދި، "ޕެރަގަންސް އޮފް ބޮލެވާޑް" އަށް މި އެވޯޑް ލިބިފައި ވަނީ، ދުނިޔޭގެ ގަދަ ބާރުތަކެއް ކަމަށްވާ، އެމެރިކާ އާއި ކެނެޑާ ފަދަ ގައުމު ތަކާއި ވާދަ ކޮށްގެން ނެވެ. 

"ޕެރަގަންސް އޮފް ބޮލެވާޑް" އިން ފެނިގެން ދަނީ، ގެލެރީއެއްގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ބޮޑު ވައްކަމެއް ކުރާ ގޮތެވެ. 

މި އެވޯޑް އޭނާއަށް ލިބުމުން ޔާމީން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގައުމަށް މިފަދަ އެވޯޑެއް އޭނާ އަށް ހޯދައި ދެވުނީތީ ފަހުރުވެރި ވާކަމަށާއި، މިއީ ހަމައެކަނި އޭނާއަށް ލިބުނު އެވޯޑެއް ނޫން ކަމަށެވެ. އަދި މި އެވޯޑަކީ މުޅި ދިވެހި ރާއްޖެއަށް ލިބުނު އެވޯޑެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. 

ޔާމީން ރަޝީދަކީ އެނިމޭޓަޑް ފިލްމުތައް ރާއްޖޭގައި ހެދުމުގައި އޭނާގެ ހުނަރު ސާބިތު ކޮށްދީފައިވާ ފަންނާނެކެވެ. އެގޮތުން އޭނާ ތައްޔާރު ކުރި މާކަނާ ޝޯ އަކީ ދިވެހިން މިހާރުވެސް ފޫހިކަމެއް ނެތި ބަލަމުން އަންނަ ޝޯ އެއްކަން ފާހަގަ ކޮށްލެވެއެވެ. 

78%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް