ads
ފޮޓޯ އުރީދޫ
އުރިދޫ އިންޓަނެޓުގެ ހިދުމަތަށް މައްސަލަތަކެއް ދިމާ ވެއްޖެ
އުރިދޫގެ އިންޓަނެޓު ބޭނުން ކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކަކާއި ދިމާ ވެދާނެ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ އުރިދޫއިން މިއަދު ބުނީ، އެކުންފުނީގެ އިންޓަނެޓުގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް މައްސަލަ ތަކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މިއީ،  އެ ކުންފުނީގެ އިންޓަނޭޝަނަލް އައި.އެސް.ޕީ ޕާޓްނަރުގެ ފަރާތުން ކުރިމަތިވި މައްސަލައެއްގެ ސަބަބުން ކުރިމަތިވިކަމެއް އެކުންފުނިން ވަނީ ބުނެފައެވެ. 

އަދި އިންޓަނެޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބޭރުގެ ޕާޓްނަރާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުރިދޫއިން ވަނީ ބުނެފައެވެ. 

މީގެ 17 އަހަރުކުރިން، ދެހާސް ފަސް ވަނަ އަހަރުގެ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު ރާއްޖެއަށް މުއާސަލާތީ ހިދުމަތް ދޭން ފެށި އުރިދޫއިން އިތުރަށް ބުނީ، ވީ އެންމެ އަވަހަކަށް މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް