ads
ގެވެށި އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް----
ގެވެށި އަނިޔާގެ ޝިކާރައަކަށް 185 ފިރިހެނުން
މިދިޔަ އަހަރު ތެރޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށް 185 ފިރިހެނުންވެފައިވާކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.
Advertisement

އެއޮތޯރިޓީގެ ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ތެރޭގައި ގިނަ އަދަދެއްގެ ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިފައިވާއިރު ގެވެށި އަނިޔާ ލިބިފައިވާ އަންހެނުންގެ އަދަދު ވެސް މަދެއް ނޫނެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 594 އަންހެނަކަށް ގެވެށިއަނިޔާ ލިބުނު ކަމަށް ބުނެ ވަނީ ރިޕޯޓްކޮށްފަ އެވެ.

މިދިޔަ އަހަރު ތެރޭގައި ގެވެށިއަނިޔާ ލިބުނު މީހުންގެ އަދަދު 779 އަށް އެެރި ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކާއި އެ އަނިޔާ ކުރި މީހުންނާމެދު އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއް އަދި ނޭނގެ އެވެ.

މިދިޔަ އަހަރު ތެރޭގައި އެ އޮތޯރިޓީއަށް 637 މައްސަލަ ހުށަހެޅިފައިވާއިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ފުރަތަމަ ތިން މަސް ދުވަހު ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. 

  • ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅި މައްސަލާގެ އަދަދު: 192 
  • ދެ ވަނަ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅި މައްސަލާގެ އަދަދު: 154
  • ތިން ވަނަ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅި މައްސަލާގެ އަދަދު: 162
  • އެންމެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅި މައްސަލާގެ އަދަދު: 129

އެ އޮތޯރިޓީން ހާމަ ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފުރަތަމަ ކުއާޓާގައި މައްސަލަތަކުގައި އަނިޔާ ލިބުނު މީހުންގެ ގޮތުގައި 202 އަންހެނަކާއި 62 ފިރިހެނުން ފާހަގަ ކޮށްފައިވއެވެ. އަދި ދެވަނަ ކުއާޓާގައި 134 އަންހެނަކަށާއި، 41 ފިރިހެނަކަށް އަނިޔާ ލިބިފައިވާކަމަށް ފާހަގަ ކޮށްފައިވއެވެ. 

ތިން ވަނަ ކުއާޓާގައި 118 އަންހެނަކާއި،33 ފިރިހެނަކަށް އަނިޔާ ލިބިފައިވާ ކަމަށް ފާހަގަ ކޮށްފައި އެވެ. އަދި ހަތަރުވަނަ ކުކުއާޓާގައި 140 އަންހެނަކަށާއި، 43 ފިރިހެނަކަށް އަނިޔާ ލިބުނު ކަމަށް ފާހަގަ ކޮށްފައިއެވެ. 

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 104 މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ވަނީ ދައްކާފައެވެ. 

ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތައް ކަމާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރު ބާވަތްތަކުގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 23 މައްސަލައާއި، ގެވެށި އަނިޔާގެ 20 މައްސަލައެއް ހިމެނެއެވެ. 

މީގެ އިތުރުން  ޖިސްމާނީ ހާނީއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނީއްކައިގެ އަށް މައްސަލަ، އެކްސްޕްލޮއިޓޭޝަންގެ ހަ މައްސަލަ، ބުލީ ކުރުމުގެ ދެ މައްސަލަ، އަދި ސައިބަ ބުލީން ޝިކާރައަކަށް ވުމުގެ އެއް މައްސަލަގެ އިތުރުން  ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ އެއް މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 24 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އަދި ހައްޔަރު ކުރުމުގެ 10 މައްސަލަ އާއި، ބެލެނިވެރިކަމުގެ ހަތް މައްސަލަ ހިމެނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 208 ކުދިން އެބަތިކަމަށް ޖެންޑަ މިިނިސްޓްރީން ބުނެ އެވެ

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް