ހުޅުދުއްފާރު ސްކޫލަށް އިތުރު ކުރާ 12 ކްލާސް ރޫމްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ވާގޮތުން އެއް އަހަރު ތެރޭގައި އެ މަސައްކަތް ނިންމާނެ އެވެ.
މައިކްރޯން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި އެ މަސައްކަތުގެ ކޮންޓްރެކްޓްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބްއެވެ.
ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މިއަހަރުވެސް އިތުރު ކްލާސް ރޫމް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ އެވެ. މިިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލް ވަނީ އަޅައިދީފަ އެވެ.