ads
އުރީދޫގެ އާ ސީއީއޯ
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް އާ ބޭފުޅެއް އައްޔަން ކޮށްފި
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފިއެވެ.
Advertisement

އުރީދޫ މޯލްޑިވްސްގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މި މަހު އެއް ވަނަ ދުވަހުން ފެށިގެން، ޚާލިދް ޙަސަން އެމް އޭ އަލް-ހަމާދީ އައްޔަންކޮށްފައިވާކަން އެ ކުންފުނިންވަނީ އިއުލާނުކޮށްފަ އެވެ

ޚާލިދް އަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ގަތަރުގެ ރައްޔިތެކެވެ. ޚާލިދު ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމަ ސޭލްސްގެ ސީނިޔަ ޑައިރެކްޓަ އަދި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ ފަދަ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފަ އެވެ.  

ތެލާއި ގޭސް ސިނާޢަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާއިރު، އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީގެ މަގާމުގައި މަސައްކަތް ކުރައްވާފައިވާ، އެ ކުންފުނީގެ ސޭލްސް އެންޑް ސާވިސްގެ ރީއޯގަނައިޒޭޝަން އިނިޝިއޭޓިވްގެ ކަންތައްތައް ތަންފީޒުކުރުމުގައި ޚާލިދް ވަރަށް އިސް ރޯލެއް އަދާ ކުރައްވާފައިވާކަމަށް އުރީދޫ އިން ބުނެ އެވެ. 

ޚާލިދް އަކީ މެނޭޖްމަންޓް، ކްރިއޭޓިވް އިނިޝިއޭޓިވްސް، ދެމެހެއްޓެނިވި ކުރިއެރުން، ޕްރޮސެސް ތަންފީޒުކުރުން، އަދި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ސާޓިފައިޑް ކޮލިޓީ އޮޑިޓަރެއްގެ އިތުރުން ސާޓިފައިޑް ޓްރެއިނިން މެނޭޖަރެކެވެ. ޚާލިދު ވަނީ ޔުނިވަރސިޓީ އޮފް އެރިޒޯނާ އިން ބެޗެލަ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިން ހާސިލު ކުރައްވާފަ އެވެ.

އުރީދޫއިން ބުނީ މި ފުރުސަތުގައި، ކުރީގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ޚާންއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރާ ކަމަށާއި ނަޖީބް ވަނީ ޑިޖިޓަލައިޒޭޝަން ގެ ދާއިރާގައި ރާއްޖެ އާއި އުރީދޫ މޯލްޑިވްސް އަށް ގިނަ ގުނަ ކުރިއެރުންތަކެއް ހޯއްދަވާ ދެއްވާފައެވެ. މީގެ އިތުރުން ނަޖީބްގެ ހިންގުމުގެ ދަށުން ކުންފުނި ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފައެވެ. 

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"، ޑިޖިޓަލް ފައިނޭންޝަން ސާވިސް "އެމް-ފައިސާ" އަދި އޮންލައިން ސްޓޯ "ކާތީ ސްޓޯ" މެދުވެރިކޮށް މުނިފޫހި ފިލުމުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ. 

"ނަޖީބްގެ ލީޑަޝިޕްގެ ދަށުން ކުންފުނިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި، ކޯޕަރޭޓްސް، ސަރުކާރު މުއައްސަސާތައް، އަދި ރިސޯޓް ބިޒްނަސްގެ ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްފައި. އަދި، ނަޖީބްގެ ހިންގުމުގެ ދަށުން އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގައި އަލަށް ޑޭޓާ ސެންޓަރެއް ގާއިމުކޮށް، މިޑޭޓާ ސެންޓަރު މެދުވެރިކޮށް ބިޒްނަސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަނެކްޝަން އިތުރަށް ވަރުގަކޮށްދީ ސްޓޯރޭޖްއާއި ސްކިއުރިޓީ އަދި އައިޓީ ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދީފައި،" އުރީދޫން ނެރުނު ބަޔާނުގައި ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޚާލިދު އައްޔަން ކުރުމާ ގުޅިގެން ޚާލިދު އަށް ކުންފުނީގެ ފަރާތުން  ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި އަދި ޚާލިދުގެ ލީޑަ ޝިޕްގެ ދަށުން ކުންފުނި އާ އުސް މިންތަކަށް ވާސިލުވުމަށް އެހީތެރި ވެދޭނެކަމާއި، އިޖާދީ އުފެއްދުންތަކާއި ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް މުޖުތަމައުގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް އެހީތެރިވެދޭނެކަން ޔަގީން ކުރާ ކަމަށް ވެސް އުރިދޫ މޯލްޑިވްސް އިން ބުނެ އެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް