ads
ޖެނުއަރީ 8 އިން 28 އަށް ޖުމުލަ 8 މީހަކު ހިމަބިއްސަށް ޕޮޒިޓިވް: މިނިސްޓްރީ
މިއަހަރުގެ ޖެނުއަރީ އަ8 އިން 28 ވަނަ ދުވަހުގެ ނިޔަލަށް 8 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

ހެލްތް މިނިސްޓަރީގެ ތަފާސްހިސާބު ތަކަށް ބަލާއިރު މިހާތަނަށް ހިމަބިއްސަސް ޖުމުލަ 129 މީހަކު ވަނީ ޓެސްޓް ކޮށްފަ އެވެ. މީގެތެރެއިން މިހާތަނަށް 8 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ހިމަބިހި އައުޓްބްރޭކަށްފަހު ޖުމުލަ 4449 މީހަކު ވަނީ މީސަލްސް ވެކްސިން ޖަހާފަ އެވެ. އަދި މީގެތެރެއިން ވޭތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި ޖުމުލަ 424 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. 

ހިމަބިހި ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރުހީވެފައި މިވަނީ މި ބަލި ރާއްޖެއިން ނައްތާލިތާ ދޮޅު އަހަރު ފަހުން މިމަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ ކުއްޖަކު ރާއްޖެ އިން ފެނުމާ ގުޅިގެންނެވެ. 

ހިމަބިހި ޖެހިފައިވާ ކުއްޖަކު ފާހަގަވުމާ ގުޅިގެން ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ.



ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.



ވެކްސިން ދީގެން ހިމަބިހިން ރައްކާތެރިވެވޭއިރު ހިމަބިއްސަށް ހާއްސަ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް