ads
އެމްއެލްސީ ކުރުހާ ކްލާސް
ރާއްޖޭގައި އަލަށް އޮންލައިންކޮށް ކުރުހަން ދަސްކޮށްދޭ ކޯހެއް ބާއްވަނީ
ކުރުހަން ދަސްކޮށްދޭ އޮންލައިން ކޯހެއް ރާއްޖޭގައި ބޭއްވުމަށް މަތިވެރީ ލާނިން ސެންޓާ (އެމްއެލްސީ) އިން އިއުލާންކޮށްފި އެވެ.

އެމްއެލްސީގެ ހެޑް އޮފް އިންސްޓިޓިއުޓް ހަސަން ރަޝީދު ސީއެންއެމްއަށް މައުލޫމާތު ދެއްވި ގޮތުގައި މި ކޯހަކީ ބިގިނާ ލެވެލް ކޯހެކެވެ. އަދި އެއްވެސް ވަރަކަށް ކުރަހަން ނޭނގޭ ފަރާތްތަކަށް ވެސް ކޯސް ފުރިހަމަކުރުމުން ކުރަހައިގެން އާމްދަނީ އެއް ހޯދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މި ކޯސް ފެށުމުގެ ކުރިން އަޅުގަނޑުމެން ދޭނަން ކޮންމެ ކުއްޖަކަށް ޕްރޮފެޝަނަލް ކުރުހެންތެރިން ބޭނުންކުރާ ކަހަލަ ސްޓޭންޑެއް. އޭގެ ވެސް ބޭނުމަކީ ކުރުހަން ނޭނގުނު ކަމުގައި ވިޔަސް ދަސްކުރަން ފަށާއިރު ތިމަންނާއަކީ މިކަން ޕްރޮފެޝަނަލްކޮށް ކުރެވިދާނެ މީހެއްކަމަށް ދައްކާ އެކަމަށް ހިތްވަރެއް ދިނުން. މިއީ މިއީ ދެމަސް ދުވަހުގެ ކޯހެއް،" ހަސަން ވިދާޅުވި އެވެ.

ކޮންމެ ތާކު ހުރެގެން ވެސް މި ކޯހުގައި ބައިވެރިވެވޭނެ ކަމަށާއި ޕްރޮފެޝަނަލް ކުރެހުންތެރިޔަކާ އެކު ވަގުތުތަކެއް ހޭދަވެގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯސް ނިމުމުން ބައިވެރިންގެ ފުރަތަމަ ކުރެހުމާއި ފަހު ކުރެހުމާއި އަޅާކިޔުމުގެ އިތުރުން ހުރިހާ ބައިވެރިންގެ ކުރެހުންތައް ދައްކުވާދޭ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މިކޯހުގައި ކިޔަވައިދެއްވަނީ ރާއްޖޭގެ މަޝްހޫރު ހުނަރުވެރި ކުރެހުންތެރިއެއްކަމަށްވާ އަހުމަދު ބަދީއު އެވެ. ކޯހުގައި ބައިވެރުވުމަށް އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7843028 އަށެވެ. އެމްއެލްސީ އަކީ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކެއް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް