ads
ޔޫކްރެއިންގެ އާއްމުން ހަނގުރާމައަށް ތައްޔާރު ވަނީ
ޔޫކްރެއިންގެ އާންމުން ހަނގުރާމައަށް ތައްޔާރު ވާން ފަށައިފި
ރަޝިޔާއިން ގައުމަށް އަރާފާނެ ކަމުގެ ބިރު ބޮޑުވުމާއި އެކު، ޔޫކްރެއިންގެ އާއްމު ރައްޔިތުން ހަނގުރާމައަށް ތައްޔާރު ވާން ފަށައިފިއެވެ.
Advertisement

އެގައުމުގެ އާއްމު ރައްޔިތުން ހަނގުރާމައަށް ތައްޔާރު ވާން ފަށާފައިވާއިރު، ފާއިތުވެދިޔަ ދެތިން މަސް ތެރޭ ރަޝިޔާއިން ވަނީ ދެ ގައުމުގެ ބޯޑަރު ކައިރިއަށް ގިނަ އަދަދެއްގެ ބަރު ހަތިޔާރާއި ސިފައިން ފޮނުވާފައެވެ. 

އެހެން ނަމަވެސް މިއީ ޔޫކްރެއިން އަށް އެރުމަށް ފޮނުވާ ހަތިޔާރާއި ސިފައިން ނޫން ކަމަށާއި، މިއީ އެ ސަރަހައްދުގައި ނޭޓޯގެ ސިފައިން ހަރަކާތްތެރިވާން ފެށުމުން ފޮނުވި ސިފައިންނާއި ތަކެތި ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅުގެން ޔޫކްރެއިންގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނީ، އެގައުމުގެ ބޯޑަރު ކައިރިއަށް ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާވެފައި ވުމުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ރަޝިއާއިން ޔޫކްރެއިންގެ ސަރަހައްދެއް ހިފާފައި ވުމުން ދެ ވަނަ ފަހަރަށް ވެސް އެ ކަހަލަ ކަމެއް ވެދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް ވެސް އެގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. 

ރަޝިޔާގެ ލައްކަ އަކަށް ވުރެ ގިނަ ސިފައިން ބޯޑަރު ކައިރިއަށް ޖަމާވެފައިވަނިކޮށް ޔޫކްރެއިންގެ ރަސްމީ ޓީވީ އިން މިއަދު ވަނީ، އެގައުމުގައި ތިބި ހަނގުރާމަ ކުރުމަށް ކުޅަދާނަ ހުރިހާ ފަރާތްތަކުން ހަނގުރާމައަށް ތައްޔާރު ވުމަށް ގޮވާލާފައެވެ. އަދި އެކަމަށް ބޭނުންވާ ތަމްރީންތައް ގައުމުގެ ސިފައިން ދެމުން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

އެއާ އެކު ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އަންނަނީ ސިފައިން ދެމުންދާ ތަމްރީންތަކުގައި ބައިވެރި ވަމުންނެވެ. އަދި މިއީ ރަޝިޔާއިން ގައުމު ހިފަން އަތުވެދާނެތީ ގައުމުގެ ދިފާއުގައި ކުރާ ކަމެއް ކަމަށްވެސް ރައްޔިތުން ވަނީ ބުނެފައެވެ. 

ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން ބޯޑަރު ކައިރިއަށް ޖަމާވެފައިވާ މި ދަނޑިވަޅުގައި ނޭޓޯ އިން ވަނީ ރަޝިޔާއަށް ޔޫކްރެއިން ހިފަން ނޭރޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި ޔޫކްރެއިން އަށް އަރާފިނަމަ ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. 

މިކަމަށް ރައްދު ދެމުން ރަޝިޔާ ސަރުކާރުން ބުނީ، އެގައުމާ ދެކޮޅަށް ބާރުގެ ބޭނުން ކުރެވޭނެ ގައުމެއް ނޯންނާނެ ކަމަށާއި، ކޮންމެ ބަޔަކާ ކުރިމަތިލާން ވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި ބަޔަކު ދައްކާ ބިރަކަށް ނުސިހޭނެ ކަމަށް ބުނެ ރަޝިޔާއިން ވެސް ވަނީ އިންޒާރުދީފަ އެވެ.

82%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް