ads
ށ. ފޭދޫ ޕްރީ ސްކޫލަށް ކަޅުތެޔޮ ޖަހާފައި
ފޭދޫ ޕްރީ ސްކޫލަށް ކަޅުތެޔޮ ޖެހީ އިދިކޮޅު މީހުން ހަސަދަވެރިވެގެން
ށ. ފޭދޫ ޕްރީ ސްކޫލަށް ކަޅުތެޔޮ ޖެހީ ގިނަ ޕްރޮޖެކްޓްތަކެ މި ސަރުކާރުން އެރަށުގައި ހިންގަމުންދާތީކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
Advertisement

އެރަށުގައި ތުއްތު ކުދިންނަށް ތައުލީމު ދިނުމަށްޓަކައި ކައުންސިލުން ތަރައްގީކުރަމުން އަންނަ ޕްރީ ސްކޫލަށް ރޭގެ ވަގުތެއްގައި ކަޅު ތެޔޮ ޖަހައި ގެއްލުން ތަކެއް ވަނީ ދީފައެވެ.

އެރަށު ކައުންސިލް ރައީސް އަހްމަދު ރައިސަމް ވިދާޅުވީ އެކަންކުރި ބަޔަކު އެކަން ކުރީ ރަށުގައި ސަރުކާރުން ގިން ޕްރޮޖެކްޓްތަކެއް މިހާރު ހިންގަމުން ދާތީ ކަމަށެވެ. އޭގެ އިތުރުން މީގެ ކުރީ ކައުންސިލުން ނުވެ އޮތްކަމެއް މިހާރު މިއޮތް ކައުންސިލުން ކުރަމުން ދިއުންވެސް އެއީ އެއް ސަބަބަު ކަމަށް ރައިސަމް ވިދާޅުވިއެވެ.  

މި މައްސަލަ ކުށްވެރިކޮށް ފޭދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ އަމަލުތަކުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާ ކަމަށެވެ. މިގޮތުން އެކަމުގެ ސަބަބުން ތުއްތު ކުދިންނަށް ތަޢުލީމުދިނުމަށް އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ލަސްވެ، އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވެގެންދާ ކަމަށެވެ.

ކައުންސިލުން ބުނީ އެ ޕްރީ ކަޅުތެޔޮ ޖަހާފައިވަނީ ސްކޫލުގެ ހުރިހާ މަސައްކަތެއް ނިމި ކުލަ ލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. 

ފޭދޫގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި، އިންޖީނުގެ ހެދުމާއި މަލްޓިޕާޕަސް ހޯލަކާއެކު އަށް ކްލާސްރޫމް ހެދުމުގެ އިތުރުން ބޮޑު ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ކުރިއަށް ދެއެވެ. 

އަށް ސަތޭކަ އެއްހާ މީހުން ދިރިއުޅޭ އެރަށުގެ ކައުންސިލްގައި ވޭތުވެ ދިޔަ ދައުރުގައި ތިބީ މުޅިން ވެސް ޕީޕީއެމް ކައުންސިލަރުންނެވެ. މިހާރުގެ ކައުންސިލްގެ ތިން ގޮނޑިއަކީ އެމްޑީޕީއެވެ. އަނެއް ދެގޮނޑި ނިސްބަތްވަނީ ޕީޕީއެމް އަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް