ads
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހު
ރައީސް މާދަމާ ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކޮމަންޑޫ ދާއިރާގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މާދަމާ ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް މާދަމާގެ ދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮއްޓަށް ވަޑައިގަންނަވާނެއެވެ. ރައީސްގެ ދަތުރުފުޅު ފައްޓަވާނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ. 

ކޮމަންޑޫދާއިރާގެ ބައިއިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކައި އެޕާޓީގެ ލީޑަރުން ގެންދަވަނީ ގާތްގާތުގައި އެ ދާއިރާއަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދާދި ފަހުން އެދާއިރާގެ ރަށްރަށަށް ވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނާ ދިމާކޮށް ސަރުކާރުން ވެސް އެދާއިރާގައި ދަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. މިކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިއުންތައް ކުރިމަތި ކުރަމުންނެވެ.

މާދަމާ މެންދުރު ފަހުން ރައީސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު،  ރައީސްގެ ރިޔާސީ ބަޔާން އިންވުން މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީހުގައި އޮންނާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް