ads
އެއައެސްގެ ވެރިޔާ ގުރައިޝީ އަވަހާރަކޮށްލަން ހަމަލަދިންގެ
އައިއެސް ޖަމާއަތުގެ ލީޑަރު މަރާ ލައިފި
ޖިހާދީ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރަށް އަމާޒުކޮށް އެމެރިކާގެ ސްޕެޝަލް ފޯސަސްއިން ސޫރިޔާގެ ހުޅަނގު އުތުރުގައި ހިންގި އޮޕަރޭޝަނެއްގައި އެ ޖަމާއަތުގެ ލީޑަރު އަވަހާރަ ކޮށްލައިފިއެވެ.
Advertisement

އެމެރިކާގެރައީސް ޖޯ ބައިޑެން ވިދާޅުވީ އެމެރިކާގެ ސިފައިންގެ ހުނަރުވެރިކަމާއި ހިތްވަރުގަދަކަމުގެ ސަބަބުން، ހަނގުރާމައިގެ މައިދާނުން އަބޫ އިބްރާހިމް އަލް-ހާޝިމީ އަލް ޤުރައިޝީ ވަކިވެފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ބައިވެރިވި އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް ސަލާމަތުން އެނބުރި އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޫރިޔާއިން ބުނީ އިދިކޮޅު ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގެ އަތީހް ސިޓީގައި 13 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

ރިޕޯޓްތައް ބުރާސްފަތިދުވަހު ބުނާގޮތުން އެމެރިކާގެ ހަނގުރާމަމަތީ ގިނަ ހެލިކޮޕްޓަރުތަކެއް ޖައްސާފައިވަނީ އުތުރު އިދްލީބް ޕްރޮވިންސްގެ އަވަށަކަށެވެ. އެއީ ތުރުކީ ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދަކަށެވެ.

އެ އަވަށުން ބުނީ އެ ފައުޖުތަކަށް ބިންމަތީގައި ވަރުގަދަ ކުރިމަތިލުންތަކެއް ކުރިމަތިވި ކަމަށާއި، ވެހިކަލްތަކުގައި ހަރުކޮށްފައި ހުރި ބަރު އެންޓި އެއާކްރާފްޓް ބަޑީގެ ވަޒަންތަކުން އެމީހުން އެމެރިކާ މީހުންނަށް ހަމަލަ ދިން ކަމަށެވެ.

ހެލިކޮޕްޓަރުން ފުރުމުގެ ދެ ގަޑިއިރު ކުރިން ބަޑީގެ ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގެ އަޑު އިވެން ފެށިކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެލެވޭ ގޮތުގައި މި ރެއިޑަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަތީހްއާ 16 ކިލޯމީޓަރު (10 މޭލު) ދުރުގައި އޮންނަ އަވަށެއް ކަމަށްވާ ޤުރައިޝީގެ ކުރިން އައިއެސްއައިއެސްގެވެރިޔާ އަބޫ ބަކުރު އަލް ބަޣުދާދީ މަރުވި ފަހުން ސޫރިޔާގެ ހުޅަނގު އުތުރުގައި އެމެރިކާގެ ސްޕެޝަލް ފޯސަސްއިން ހިންގާ އެންމެ ބޮޑު އޮޕަރޭޝަނެވެ.

އެ ސަރަހައްދަކީ އައިއެސްގެ ވަރުގަދަ ވާދަވެރިން ގެ ގޮތުގައި އޮތް ޖިހާދީ ޖަމާއަތްތަކާއި ތުރުކީން ވާގިވެރިވާ ހަނގުރާމަވެރި ފެކްޝަންތަކުގެ ބާރުގަދަ ސަރަހައްދެކެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް