ads
ރައީސް ސޯލިހު
އާބާދީ 500 އިން އިތުރު ކޮންމެ ރަށެއްގައި، އަހަރު ނިމުމުގެ ކުރިން އޭޓީއެމްއެއް ބަހައްޓަނީ
އާބާދީ 500 އިން އިތުރު ކޮންމެ ރަށެއްގައި، މި އަހަރު ނިމުމުގެ ކުރިން އޭޓީއެމްއެއް ބަހައްޓާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެވެ.
Advertisement

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، އަންނަ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންނަށް އެމްޑީޕީއަށް ތާއީދު ހޯދުމަށް މިއަދު އެ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މަރޮއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"އޭޓީއެމްގެ ހިދުމަތް ނެތުމުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިވާ ވާހަކަ އަޑު އިވިއްޖެ. އަޅުގަނޑުމެންގެ އެބައޮތް ޕްލޭނެއް. އާބާދީގައި 500 ހަމަވާ ރަށެއްގައި އޭޓިއެއް މި އަހަރު ބަހައްޓާ އަޅުގަނޑުމެން ނިންމާނަން." ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ވަކި ދާއިރާއެއް، ވަކި ރަށެއް ބާކީ ނުކޮށް ހިދުމަތްތައް ދިނުން ކަމަށެވެ. 

އަދި އާބާދީ ކުޑަވުމަކީ ހިދުމަތްތަކުން މަހުރޫމްވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި ތަފާތު ކުރުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް