ads
ސިއްހީ ދާއިރާގެ މުސާރަވެސް ބޮޑުކުރަނީ
މިއަހަރު މެދުތެރޭ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮނޑުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށަހެޅުއްވަމުން ރައީސް ސޯލިހް ވަނީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މޭ މަހު ބޮޑު ކުރަން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.  

އެގޮތުން ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފޯކައިދޫގައި އިއްޔެ ބޭއްވި ޖަލްސާގައި، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކުރުމާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެކަންތައް ކުރަމުންދަނީ އެކަމާއި ގުޅޭ ދިރާސާތައް ކޮށްގެން ކަމަށެވެ.

ޓީޗަަރުންގެ މުސާރަ ބޮޑުކޮށްފައިވަނީވެސް، އެމުވައްޒަފުން ބޭނުންވަނީ ކިހާވަރެއްތޯ، އަދި އެކަމުގައި ދެމިތިބެވޭނީ ކިހާވަރަކަށްތޯ ބެލުމަށްފަހު ބަޖެޓަށް އޭގެ ސަބަބުން ކުރާނެ އަސަރުވެސް އެ ދިރާސާގެ ތެރެއިން ކުރުމަށްފަހު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރެ އަންނަންވާއިރަށް ސިއްހީ ދާއިރާގެ ހުރިހާ އެންމެެންގެ މުސާރަ އިތުރުކުރުމަށް ދިރާސާއެއް ހެދި، އެކަމުގެ އަމަލީ މަަަސައްކަތް އަޅުގަނޑުމެން ފަށައިގަންނާން” ރައީސް ސޯލިހް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ކުރިއެރުން ދިނުމަށް ނިންމާ ގެނައި ބަދަލާއި ގުޅިގެން ރައީސް ސޯލިހް އިއްޔެގެ ޖަލްސާގައި އިތުރަށް ވިދާޅުވީ، ކުރިން 12،000 ރުފިޔާ ލިބޭ ޓީޗަރަކަށް، އެބަދަލާއިއެކު 19،000 ލިބިގެންދާނެ ކަމަށެވެ. 

އަދި 14،000 ލިބޭ ޓީޗަރަކަށް އޯވަޓައިމް ނުލާ 21،000 ލިބިގެންދާއިރު، ސްކޫލްތަކުގެ ޕްރިންސިޕަލުންނަަށް 21،000 ރުފިޔާއިން 23،000 ރުފިޔާއަށް ބަދަލުވެގެންދާނެ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

42%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް