ads
ފޮޓޯ: ޑެއިލީ އެކްސްޕްރެސް
ޔޫރަޕުގެ އެންމެ ލަހުން ރިޓަޔާ ކުރެވޭ ގައުމަކީ ޔޫކޭ: ދިރާސާ
ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ޔޫކޭގެ ރިޓަޔާކުރާ އުމުރު ވަރަށް ބާރަށް މަތިވަމުންދާކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ޔޫކޭގެ ސަރުކާރުން ކަނޑައަޅާފައިވާ ރިޓަޔާ ކުރުމަށް ކަނޑައަޅާފައިވާ 66 އަހަރުގައި ސްޓޭޓް ޕެންޝަން ލިބުމަކީ ނާދިރުކަމެކެވެ.

ދިރާސާއިން ބުނާ ގޮތުގައި ޔޫކޭގައި މަސައްކަތްކުރާ  1960 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން އުފަންވީ މީހުންނަށް ރިޓަޔާކުރެވޭނީ 67 އަހަރުގަ އެވެ. އަދި އޭޕްރީލް 1977ގެ ފަހުން އުފަންވި މީހުންނަށް ރިޓަޔާކުރެވޭނީ 68 އަހަރުގަ އެވެ.

މިއީ މުޅި ޔޫރަޕްގައި ވެސް އެންމެ ފަހުން ރިޓަޔާކުރާ މީހުންނަށް ވެގެންދާނެކަމަށް ދިރާސާއިން ބުނެއެވެ. މި ބަދަލު އަންނާނީ 2044 އާއި 2046 އާ ދެމެދުކަމަށް ދިރާސާގައި ވަނީ އަންދާޒާކޮށްފަ އެވެ. ނަމަވެސް މިއަށްވުރެ މާ ކުރިން ވެސް މިބަދަލު އައުމުގެ ފުރުސަތު އެބައޮތްކަން ވަނީ ފާހަގަކޮށްފަ އެވެ. 

މި ދިރާސާގެ ތަފްސީލް މިއަހަރުގެ މޭ ހަތް ވަން ދުވަހު ހާމަކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް