މިއީ އެ ކުންފުނީގެ ހިއްސާގެ އަގު 26 ޕަސެންޓް ވެއްޓިފައިވާ އިރު މިއީ އެމެރިކާގެ ތާރީހުގައި ވެސް އެއް ދުވަސް ތެރޭގައި ހިއްސާއެއްގެ އަގު ވެއްޓުނު އެންމެ ބޮޑު އަދަދެވެ. މިކަން މިހެން ހިނގާފައި މިވަނީ މިދިޔަ ބުދަ ދުވަހު ފޭސްބުކް ގެ މައި ކުންފުނި މެޓަ އިން ނެރުނު އާމްދާނީ ރިޕޯޓްގައި ޔޫސާޒްގެ އަދަދު ވެއްޓިފައިވާކަން ފާހަގަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވަނީ ގެއްލުންތައް ލިބެމުން ދަނީ ވާދަވެރި އެހެން ޕްލެޓްފޯމްތަކަށް މީހުން ބަދަލުވުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ. އަދި އިސްތިހާރު ތަކަށް މީހުން ކަނޑައަޅާ ބަޖެޓް ކުޑަކުރުމަކީ ވެސް ގެއްލުންވާ ސަބަބެއް ކަމަށް އޭނަ ބުނެއެވެ.
ދުނިޔޭގެ އެންމެ ނަން މަޝްހޫރު ސޯޝަލް މީޑިއާ މިހާ ދަށަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. މެޓައިން ބުނާ ގޮތުގައި ޒުވާނުން މިހާރު ދަނީ ފޭސްބުކް ދޫކޮށް ވާދަވެރި ޓިކްޓޮކާއި ޔޫޓިއުބު ފަދަ ޕްލެޓްފޯމްތައް ގިނައިން ބޭނުންކުރަމުންނެވެ.
އެޕަލް ކުންފުނީގެ ޕްރައިވެސީ ސެޓިންގްސް އަށް އައި ބަދަލުތަކަކާ އެކުވެސް ފޭސްބުކްވަނީ ގޮންޖެހުންތަކެއް ކުރިމަތި ވެފަ އެވެ. ފޭސްބުކުން ބުނެފައިވަނީ އެކަމުގެ ސަބަބުން އެކުންފުނީގެ އެޑްވަޓައިސިން މޮޑެލަށް ބުރޫ އަރާ އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށެވެ.
މެޓަ އިން ތައްޔާރުކުރާ "މެޓަ ވާސް" ގެ ސަބަބުން ވެސް އެކުންފުންޏަށް ދަނީ ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން އެކަމަށް ކުރާ ހަރަދުތައް ބޮޑުވެ ފައިދާ ވަނީ ކުޑަ ވެފައެވެ.
ފޭސްބުކް މެޓަ އަށް ރީބްރޭންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މެޓަ އަށް ރީބްރޭންޑް ކުރުމުގެ މަގްސަދަކީ ވާޗުއަލް ރިއަލިޓީ ކޮމްޕެނީ އަކަށް ހެދުމުށް ކަމަސް އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ވަނީ ބުނެފަ އެވެ.