ads
ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އައިޔޫއެމް
އައިޔޫއެމް އާއި އާކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އާކްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑް މެންބަރު މުރުޠަލާ މޫސާ އެވެ.  

މިއެއްބަސްވުމުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މާލެ އާއި އަތޮޅުތެރޭގައި އާކް އިން ކުރާ ތަފާތު މަސައްކަތްތަކުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ދީނީ ނަޒަރަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

މީގެއިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ހިންގާ ހަރަކާތްތަކަށް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. 

އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗަންސެލަރުންނާއި ކުއްލިއްޔާ/ސެންޓަރުތަކުގެ ޑީނުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް