ads
ފޮޓޯ/ ގޫގްލް
ކައިވެނީގައި ދެމި ތިބެން ބޭނުން ނަމަ މިކަންކަމަށް ވިސްނާ!
ރީތި ތާރިހު ތަކުގައި، ކައިވެނި ކުރުމަކީ މިހާރު އާންމުކަމެވެ. ނަމަވެސް ކުރެވޭ ކައިވެންޏަށް ވުރެ، ރޫޅާލާ ކައިވެނި ގިނަ ވުމީ ހަގީގަތުގައި ވެސް ހިތާމަ ހުރި ކަމެވެ. ދިވެހިން ދަނީ ކުރެވޭ ކައިވެއްންޏަށް ވުރެ، ރޫޅާ ކައިވެނިން ރެކޯޑް ހަދަމުންނެވެ. ކައިވެންޏެއް ރޫޅުމަށް ވަރަށް ގިނަ ސަބަބުތައް މެދުވެރިވެ އެވެ. ނަމަވެސް އާންމުކޮށް ކައިވެންޏެއް ރޫޅުމަށް މެދުވެރިވާ ތިން ސަބަބެއް މި އާޓިކަލުގައި ފާހަގަކޮށް ލަމެވެ.
Advertisement

ތިބާ މޮޔަވެގެން ލޯބިން އުޅުނު ބައިވެރިޔާ އާ އެކު ކައިވެނީގެ ހަޔާތެއް ފެށިގެން ދާއިރު، ދިރިއުޅުން ހޭދަކުރުމަށް ތައްޔާރަށް ހުރިކަން ބައިވެރިޔާއަށް ސާބިތު ކޮށްދޭށެވެ. އަދި ކޮންމެ ދުވަހަކު ވެސް ބައިވެރިޔާ އުފަލުގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުންނަ މީހަކަށް ތިމާ ވާށެވެ.

ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ގިނަ ދެމަފިރިންގެ ދިރިއުޅުން ހަލާކުވާން ޖެހޭ ސަބަބަކީ ބައިވެރިޔާއަށް އެހީތެރިވެ އަޅާލަން ޖެހޭވަރަށ އެކަންކަން ނުކުރެވުމެވެ. ދެމަފިރިންގެ އެންމެ އާންމު މައްސަލަތައް ދެނެގަނެ، އެކުގައި އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ތިބާ އަށް ވިސްނައިދޭނީ ފަހެ ކާކު ހެއްޔެވެ.

މި އާޓިކަލްގައި އަލި އަޅުވަން ބޭނުންވާ ތިން ޕޮއިންޓް ފާހަގަކޮށް އެ ތިން ޕޮއިންޓާއެކު ކުރިއަށްދާން ފަށައިގަންންމެވެ.

ދެމެފިރިންގެ ގާތްކަން ބެހެއްޓުން:

ކައިވެނި ކުރާ ގިނަ ދެމަފިރިންނަށް އިހުސާސް ކުރެވެނީ އަހަރުތައް ފާއިތުވެގެން ދާއިރު އެމީހުންގެ ޖިންސީ ދިރިއުޅުން މާ ބޮޑަށް ވެސް ފޯރިގަދަވާ ކަމަށެވެ. އެ ގުޅުން ކުޑަ ވުމުގެ ސަބަބުން، އެދެ މެދުގައިވާ ގުޅުންތައް މާ ބޮޑަށް ވެސް ދުރުވުމުން ދާ ކަމަށް އެ މީހުންނަށް ހީވެ އެވެ. އޭގެ ސަބަބުން ދެ ބައިވެރިންނަށް ވެސް ނާގާބިލުކަމާއި ޝައްކުގެ އިހުސާސްތައް ބަންޑުންކޮށް ހައްލު ނުކުރެވޭ ހިސާބަށް ކަންތައްތައް ގޮސް ވަރި އާއި ދިމާލަށް މިސްރާބު     ޖަހައެވެ.

ނޭދެވޭ އެކުވެރިންނާ ދުރުވުން:

ދިރިއުޅުމެއް ރަނގަޅު ގޮތުގައި ދާ ކަމުގައިވާ ނަމަ ރަހުމަތްތެރިން ވެސް އަދި އާއިލާގެ ބައެއް މެމްބަރުން ވެސް ފިތުނަ ފަސާދަ އުފައްދާ ކަމަށް ވެއެވެ. ބައެއް ފަހަރު އެކަންތައްތައް ކުރުމުގައި ތިބާއަށް ހެޔޮ ނޭދޭ މީހުން ވެސް އުޅެ އެވެ. އެހެންކަމުން އާއިލާގެ މެމްބަރުންނާއި އެކުވެރިން ވެސް ގެންގުޅެން ޖެހޭނީ ވަކި ހިސާބެއްގަ އެވެ. އަދި އެ މީހުންނާ އެކު އޮންނަ ގުޅުމުގެ ސަބަބުން ކައިވެންޏަށް އަސަރުކުރާ ޒާތުގެ ކަމެއް ހިނގިޔަ ދީގެން ނުވާނެ އެވެ. ހާއްސަކޮށް އެ ރަހުމަތްތެރިންނާ އެކު އޮންނަ ގުޅުން ބާއްވަން ޖެހޭނީ ވަރަށް ސާފުކޮށް ވަކި ހިސާބެއްގަ އެވެ. އެކަން ފިރިމީހާ ނުވަތަ އަނބިމީހާއަށް އަދި ރަހުމަތްތެރިން ވެސް އެނގެންޖެހޭނެ އެވެ. 

ފައިސާގެ މުހިންމުކަން:

ދެމަފިރިއެއްގެ ދިރިއުޅުން އާންމުކޮށް ހަލާކުވެގެންދާ އިރު، ފައިސާގެ ނުވަތަ ތަނަވަސްކަމުގެ މައްސަލަތައް ވެސް އޭގެ ތެރެއަށް ވަދެފައި، އެބަހުއްޓެވެ. ދިރިއުޅުމެއް ހަލާކުވުމަށް ފައިސާގެ މައްސަލަ ކުރިމަތިވުމަކީ އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ފައިސާއަކީ ދިރިއުޅުމަށް ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވާއިރު، ބޭނުންތައް އުފުއްދުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ނުލިބޭ ނަމަ، މިކަމުގެ ސަބަބުން ހީ ވެސް ނުކުރާފަދަ ބޮޑު ސްޓްރެސްއެއް އުފެދިގެން ދާނެއެވެ. ފައިސާގެ ވާހަކަ ދައްކާއިރު ރަނގަޅަށް ދައްކާ ވާޙަކަ ސާފުނުވާ ނަމަ ދިރިއުޅުމަށް މައްސަލަތައް ކުރިމަތިވެ ކައިވެނި ރޫޓުގެ އެހެން ދިމާލަކަށް ބަދަލުވެ ކައިވެނި ހަލާކުގެ ތެރެއަށް ވެއްޓެ އެވެ.

މުއާމަލާތް ކުރުމުގެ މުހިންމުކަން:

ކައިވެނި ކުރާއިރު އެއްބައެއްގެ ގޮތުގައި އެއް މޭޒެއްގެ ދޮށަށް އައުމަށް އެއްބަސްވާއިރު، ހަގީގަތުގައި، ކައިވެނި ކުރާ ދެމަފިރިންނަކީ އެއް ހިތެއްގެ ވެރިޔަކަށް ވާން ޖެހޭނެ އެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަޒަރިއްޔާތާއި، ތަޖުރިބާ އާއި، އިހުސާސްތަކާއި، ޝުއޫރުތައް އެ ގުޅުމުގެ ތެރެއަށް ހުށަހަޅަންޖެހޭނެ އެވެ. މަތީގައި ބަޔާންކުރެވިފައިވާ ވަރަށް ގިނަ މައްސަލަތަކަކީ އަސާސީ މުއާމަލާތުގެ ތެރެއިން އުފެދޭ މައްސަލަ ތަކެކެވެ. މި ފަދަ ކަންކަމުގައި ގިނަ ފަހަރަށް އެކަކު އަނެކަކު ގަބޫލް ކުރާ ގަބޫލު ކުރުންތައް ދެނެގަތުމަށް ޕްރޮފެޝަނަލް މީހެއްގެ އިރުޝާދު ވެސް ބޭނުންވާ ފަހަރު އަންނާނެ އެވެ.

ކިތަންމެ ރީތި ތާރީހުތަކުގައި ކައިވެނި ކުރި ނަމަވެސް އެ ކައިވެނީގައި ދިރިއުޅެވޭނީ މަތީގައިވާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެ ދެ މީހުންގެ ގަބޫލުކުރުމާއި އެ ދެމީހުން ދެކޭގޮތް އެއްގޮތް ކުރެވިގެންނެވެ. އެހެން ނޫން ނަމަ ކިތަންމެ ރީތި ތާރީހެއްގައި ކައިވެނި ކުރި ނަމަވެސް ދެ މީހުންގެ ތެރެއިން އެކަން ވެސް ދިރިއުޅުމުގައި ކުރިއަކަށް ނުދެވޭނެ އެވެ. ހަމަ އެކަނި އޮންނާނެ އެއްޗަކީ ތީރި ތާރީހެއްގައި ކައިވެންޏެއް ކުރުމުގެ ރެކޯޑެވެ. އެއަކުން އަސްލު ހޯދަން ކަނޑައެޅި މަންޒިލެއް ނުލިބޭނެ އެވެ.

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް