ads
ފޮޓޯ ފިޔޯރީ ކައުނސްިލް
ޕްރޮޖެކްޓްތައް ކުރިއަށް ނުދާތީ ފިޔޯރީ ކައުންސިލުން މާލެއަށް އަންނަނީ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތަކާ އެއްގޮތަށް ޕްރޮޖެކްޓްތައް އެރަށުގައި ހިނގަމުން ނުދާތީ ގދ. ފިއޯރީ ކައުންސިލުން މުއައްސަސާ ތަކާ ބައްދަލު ކުރުމަށް މާލެއަށް އަންނަން ނިންމައިފިއެވެ.
Advertisement

ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ އެރަށުގައި މާކަނޑަށް ހުޅުވިފައިވާ ނެރުގެ ބަދަލުގައި އެހެން ނެރެއް ހެދުމާއި، 500 ފޫޓު ދިގުމިނުގެ ބަނދަރެއް ހެދުން އެއީ، އެރަށަށް ވަރަށް މުހިއްމު ދެކަންތައް ކަމަށާއި އެއީ ރައީސް ސޯލިހުގެ ވައުދު ފުޅެއް ކަމަށެވެ. 

"މިދިޔަ ނޮވެމްބަރު މަހު ވެސް ދެ ދޯންޏެއް ނެރުމައްޗަށް އުރުނު. އެއީ ވަރަށް ގިނަ ދޯނި ފަހަރަށް ގިނަ ގެއްލުން ވާ ތަނެއް . އަންނަ ބޮޑެތި ބާނިތަކާއެކު ފަރަށް އަރަނީ،" ފައިޒަރު ވިދާޅުވިއެވެ. 

ފައިޒަރު ވިދާޅުވީ މި ކަންކަމާ ގުޅޭގޮތުން ވަރަށް ގިނަ ސިޓީތައް ފޮނުވިފައިވާ ކަމަށާއި، އަދި ވެސް އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށެވެ. 

އެގޮތުން އެރަށު ސިއްހީ މަރުކަޒު އިތުރަށް ބޮޑު ކުރުމާއި، އައިސްޕްލާންޓަގެ ކެޕޭސިޓީ އިތުރުކުރުމަކީ ވެސް ކުރިއަށް ދާންޖެހޭ މަޝްރޫއުތައް ކަމަށެވެ. 

"ސިއްހީމަރުކަޒުގެ ބިޑްވެސް އެވޯޑްކޮށްފަ އޮންނަތާ ހަ މަސް ދުވަސް ވެއްޖެ. އެންމެފަހުން ހެލްތު މިނިސްޓްރީން ބުނީ ލީގަލް ސެކްޝަން ގައޭ އޮތީ . އެކަހަލަ ގޮތަކަށް ލަސްވަމުން ލަސްވަމުން ދާތީ މާލެއަށް ދާން ނިންމީ،" ފައިޒަރު ވިދާޅުވިއެވެ. 

ފިޔޯރީ ކައުންސިލުން ބުނީ، މި މަހު ފަހުކޮޅު މިހާރު މާލެއަށް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދަތުރުގައި އެޕޮއިންޓްމެންޓަ ލިބިއްޖެއްޔާ ރައީސްގެ އިތުރުން އެހެނިހެން މިނިސްޓްރީތަކާ ވެސް ބައްދަލު ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް