ads
ފޯކައިދޫ ސަންސެޓް ގެސްޓް ހައުސް
ފޯކައިދޫ އަށް ގޮސް ތިބި އީސީގެ އޮފިޝަލުން އެމްޑީޕީން ބައްދަލު ކުރިކަމުގެ ތުހުމަތު ކޮށްފި
ށ ފޯކައިދޫ އަށް ގޮސް ތިބި އީސީގެ އޮފިޝަލުން އެމްޑީޕީގެ އޮފިޝަލުން ބައްދަލު ކުރިކަމުގެ ތުހުމަތު ޕީޕީއެމް އިން ކޮށްފިއެވެ.
Advertisement

ދާދި ދެންމެއަކު ޕީޕީއެމް އިންބުނީ މާދަމާ ވޯޓުލުމުގެ ކަންކަން ބެލެހެއްޓުމަށް ފޯކައިދޫއަށް ގޮސްތިބި އީސީގެ އޮފިޝަލުން ތަކެއް އެމްޑީޕީގެ ބައެއް އެމްބަރުންނާ ބައްދަލު ކުރާ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ. އެހެންވެ، އެކަން ބެލުމަށްޓަކައި ޕީޕީއެމްގެ ބައެއް މެންބަރުން ވަނީ އެތަނަށް ވަދެފައިކަމަށް އެ ޕާޓީން ބުނެއެވެ. 

މިކަން ހިނގާފައިވަނީ ފޯކައިދޫ ސަންސެޓް ގެސްޓް ހައުސްގައި ކަމަށާއި، އެތަނަކީ އެމްޑީޕީގެ ޖަގަހައެއް ގޮތުގައި ބޭނުން ކުރާ ތަނެއް ކަމަށާއި، އެހެން ނަމަވެސް އޮފިޝަލުން ބައިތިއްބާފައި ތިބީ އެތަނުގައި ކަމަށްވެސް ޕީޕީއެމް އިން ބުނެއެވެ. 

މިމައްސަލަ އިސީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޕީ އެމް އިން ބުނެއެވެ. 

އެހެން ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ އެރަށުގެ ކައުންސިލް ނައިބް ރައީސް މުހައްމަދު ސަލީމް ވިދާޅުވީ އެ ގެސްޓްހައުސްގައި އީސީގެ މެންބަރުން ބައިތިއްބަން ޖެހުނީ އީސީއިން ތަނެއް ހޯދަން އެދުނީ ވަރަށް ފުހުން ކަމަށްވެފައި އެރަށުން އެމީހުން ބައިތިއްބާނެ އިތުރު ތަނެއް ނުލިބުމުން ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ވަކި އެމްޑީޕީގެ ތަނަކަށް ވެގެން ބޭއްތިއްބި ބޭތިއްބުމެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. 

ސަންސެޓް ގެސްޓްހައުސް އަކީ ކޮޓަރި ކުއްޔަށްދޭ ތަނެކެވެ. އަދި އެ ގެސްޓްހައުސްގައި ރެސްޓޯރަންޓަކާއި މީޓިން ރޫމެއް ވެސް ހުރެއެވެ. މީޓިންރޫމް ހުންނަނީ އެމްޑީޕީން ކުއްޔަށް ހިފާފައެވެ. 

މިވަގުތު މާލޭގައި ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރު އެދައްކާ ވާހަކަތަކަކީ ހެޑްލައިން ހަދަން ޕީޕީއެމް އިން ދައްކާ ވާހަކަ ތަކެއް ކަމަށާއި، އެދައްކާ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިފައި ނުވާ ކަމަށެވެ. 

ޕީޕީއެމް އިން ވަނީ އެ ގެސްޓްހައުސްއަށް ގޮސް އީސީ މެންބަރުންނާ ބައްދަލު ކުރި ވީޑިއޯތަކެއް ވެސް އެޕާޓީގެ ވައިބަ ގްރޫޕަށް ލާފައެވެ. އެ ވީޑިއޯގައި ވާހަކަ ދައްކާ މީހާ، ބުނާ ގޮތުން އެ ގެސްޓް ހައުސް އަކީ އެމީހުނަށް ވެސް ވަދެވޭ ތަނެއް ނޫނެވެ. އަދި އެއީ އެމްޑީޕީގެ ޖަގަހައެއް ކަމަށްވެސް އޭނާ ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް