ads
ނައިބު ރައީސް އިސްމާއީލް ހަބީބު-----ފޮޓޯ: ރާއްޖެ،އެމްވީ
އެ މީހަކު ބޭނުންވާ މީހަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިދޭންޖެހޭ: އީސީ
މިހާރު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝްނަގައި އެ މީހަކު ބޭނުންވާ ފަރާތަކަށް ވޯޓު ލުމުގެ ފުުރުސަތަށް ހީނަރުކަން އަތުވެދަނާ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް، އިސްމާއިލް ހަބީބު އެދިަޑައިގެންފި އެވެ.

އިންތިހާބުގެ ވޯޓު ލުން ފެށިގެން ކުރިއަށްދާއިރު، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ވޯޓު ލުމަށް ހަމަޖެހިފައިވާ މަރުކަޒަށް ވޯޓު ލުމަށް ޖަމާ ވަމުންނެވެ. 

މާލޭގައި ކޮމަންޑޫ ދާއިރާގެ ވޯޓު ލުމަށް، ހަމަޖެހިފައިވާ މަރުކަޒު ކަމަށްވާ އިސްކަންދަރު ސުކޫލް ހިމެނޭ ސަރަހައްދުގައި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ކެމްޕެއިން އޮފީހެއް ހުރުމުގެ ސަބަބުން އިދިކޮޅު ކޯލިޝަންގެ ފަރާތްތަކުން އަންނަނީ އެ ސަރަހައްދަށް ޖަމާވެ ނުރުހުން ފާޅު ކުރަމުންނެވެ. އެފަރާތްތަކުން އަންނަނީ އެމްޑީޕީ އެކްޓިވިސްޓުން އެސަރަހައްދުގައި ފައިސާ ބަހަމުން ދާކަމަށް ބުނެ ތުހުމަތުތައް ކުރަމުންނެވެ. 

މިފަދަ ތުހުމަތުތަކެއް ކުރެވެމުންދާ މިދަނޑިވަޅުގައި، އީސީގެ ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިވަން އިންސާފުވެރި އޮމާން މާހައުލެއް ގާއިމްވެ، އެމީހަކު އިހްތިޔާރު ކުރާ ކެނޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު އެމީހަކަށް ލިބިދިނުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ހެނދުނު 08:30 ގައި ފެށިގެން ކުރިއަށް ދާއިރު، ވޯޓު ލުން ބަންދު ކުރުމަށް ހަމަޖެހިފައިވަނީ، މިއަދު ހަވީރު 16:00 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް