ads
ފުލުހުންގެ އެހީތެރިކަމާއެކު ވެއްދީ ލާރިޖަހާ މެޝިނެއް ކަމަށް ޕީޕީއެމް ވަނީ ތުހުމަތުކޮށްފައި
އެމްޑީޕީ ޖަގަހައަށް ފައިސާ ފޮއްޓެއް ވައްދާ ކަމަށް ބުނެ އަނެއްކާ މަޝްރަހު ހޫނުވެއްޖެ
އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި އެމްޑީޕީގެ ޖަގަހަ އަކަށް ފުލުހުންގެ އެހީތެރިކަމާ އެކު ފައިސާ ފޮއްޓެއް ވައްދާ ކަމަށް ބުނެ އަނެއްކާވެސް އެ ސަރަހައްދުގެ މަޝްރަހު ހޫނު ވެއްޖެ އެވެ.
Advertisement

އިސްކަންދަރު ސްކޫލުގެ ކުރިމަތީ ހުރި އެމްޑީޕީ ޖަގަހަ ތެރެއަށް އެ ސަރަހައްދުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލާން ދާ މީހުން ވައްދާ އެމީހުންނަށް ފައިސާ ބަހާކަމަށް ބުނެ ޕީޕީއެމް ސަޕޯޓަރުން ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

މީގެ އިރުކޮޅެއް ކުރިން އެ ސަރަހައްދުގައި އަނެއްކާ ވެސް ވަނީ ހަމަނުޖެހުންތައް ބޮޑުވެފައެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ “ސީއެންއެމް”ގެ ނޫސްވެރިޔާ މައުލޫމާތު ދޭ ގޮތުގައި އެ ހަމަނުޖެހުންތައް މިފަހަރު މި ހިނގީ، އެމްޑީޕީ ޖަގަހަ ދޮރުމަތީ ތިބި ފުލުހުންގެ އެހީތެރިކަމާ އެކު އެ ޖަގަހަ ތެރެއަށް އެއްޗެއް ވައްދަން މަސައްކަތް ކުރުމުންނެވެ.

އެއީ ފައިސާ ފޮއްޓެއް ކަމަށް ބުނެ އެ ސަރަހައްދުގައި ތިބި ޕީޕީއެމް ސަޕޯޓަރުން ވަނީ ޖަގަހަ އެތެރެއަށް އެ ފޮށި ވެއްދުމަށް ހުރަސް އަޅާފަ އެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމާ އެކު އެ އެއްޗެއް ވަނީ ޖަގަހަ އަށް ވައްދާފައެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންނާއި ދެމެދެ ހަމަނުޖެހުން އުފެދިފައިވާތީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

18%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް