ads
ކޮމަންޑޫ ދާއިރާ ވޯޓްލާ ސަރަހައްދު ބެރިކޭޑް ޖަހާފައި
އިސްކަންދަރު ސުކޫލް ކައިރީ ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ!
މާލެ ސަރަހައްދުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ލުމަށް ހަމަޖެހިފައިވާ މަރުކަޒު ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު ހެނދުނު 08:30 ގައި ވޯޓު ލުން ފެށިގެން ކުރިއަށް ދާންފެށިތާ އިރުކޮޅެއް ތެރޭ އެ ސަރަހައްދުގައި އެމްޑީޕީގެ މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. 

ޕީޕީއެމްގެ މެމްބަރުން ވަނީ އެ ސަރަހައްދުގައި އެމްޑީޕީއިން ކެމްޕެއިން ޖަގަހައެއް ހުޅުވާ ފައިސާ ބަހާ ކަމުގެ ތުހުމަތު ކޮށްފައެވެ. އެކަމާއި ގުޅިގެން ދެ ޕާޓީގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ވަނީ ހިނގާފައެވެ. މަސްލަހަތު ހޫނުވެ ގިނަ ބައެއް ނުރުހުން ފާޅު ކުރަން ފެށުމުން ފުލުހުން ވަނީ އެ ކެމްޕެއިން އޮފީސް ބަންދުކޮށް އެތަނަށް އެއްވެސް މީހަކަށް ނުވަދެވޭނެ ހެން ހަދާފައެވެ. 

އެ ސަރަހައްދުގައި އަދިވެސް ދެ ޕާޓީގެ މެމްބަރުން ހަރަކާތްތެރި ވަމުން އަންނަ އިރު، ފުލުހުން ވަނީ އެ ސަރަހައްދުގެ މަގު މަތިން މީހުން ފޮނުވުމަށް ހަރަކާތްތެރި ވާން ފަށާފައެވެ. އެގޮތުން މީގެ ކުރިން އެ ސަރަހައްދުގައި ބެރިކޭޑް ވެސް ފުލުހުން ޖެހި ނަމަވެސް މިހާރު އެ ބެރިކޭޑް ތައް ފުލުހުން ވަނީ ދުރުކޮށްފައެވެ. 

އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން މިހާރު ހަރަކާތްތެރި ވަމުން އަންނައިރު، މީގެ އިރުކޮޅެއް ކުރިން ފުލުހުންގެ ބެލުމުގެ ދަށުން އެމްޑީޕީގެ ކެމްޕެއިން ޖަގަހަ ހުރި ތަނަށް ފޮއްޓެއް ވައްދަން އުޅުމުން ޕީޕިއެމްގެ މެމްބަރުން ވަނީ އެކަމާއި މެދު ނުރުހުން ފާޅު ކޮށްފައެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް މީޑިއާ އޮފިޝަލް އަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އެއިދާރާގެ ބަހެއް ވަނީ މިކަމާއި ގުޅިގެން ހޯދޭގޮތް ނުވެފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް