އިލްކެޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު “ސީއެންއެމް” އަށް ވިދާޅުވީ، މެންދުރު 12:00 އާއި ހަމަޔަށް 56 އިންސައްތަ މީހުން ވޯޓުލުމަކީ ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ.
މާލޭ ސަރަހައްދުގައި ވޯޓު ފޮށި ދޮށުގައި ދިގު ކިޔޫތައް އޮތްކަން ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ ވޯޓު ލެވޭ ލެތް ލަސްކަމުގެ ޝަކުވާވެސް ވޯޓުލާން ގޮސްތިބި ބައެއް މީހުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މެންދުރު 13:00 ޖެހުމާއި ހަމަޔަށް 1857 މީހަކު ވަނީ ވޯޓުލާފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބި 3309 އެެވެ.
ބާކީ އަދި ވޯޓުނުލެވި 1452 މީހުން ތިބިއިރު، ވޯޓުނުލާ ތިބި މީހުންގެ އިންސައްތަ އަކީ 43.88 އެވެ.
ކޮމަންޑޫ ދާއިރާއަށް ވޯޓުލާފައިވާ ގޮތް
- 916 ފިރިހެނުން
- 941 އަންހެނުން
ކޮމަންޑޫ ދާއިރާއަށް ވޯޓުލުމުގެ ހައްގުލިބިފައިވަނީ
- މުޅި ޖުމްލަ 3309 މީހަކަށް
- ކޮމަންޑޫއިން 1405 މީހުން
- މަރޮށިން 703 މީހުން
- ފޯކައިދޫއިން 1201 މީހުން
މި އިންތިހާބުގައި ވޯޓްލުމަށް ޖުމްލަ ހަތް ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އެއީ ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮއްޓެވެ.
ވެރިރަށް މާލޭގައި ވެސް ދެ ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އެ ދެ ވޯޓްފޮށި ވެސް ބަަހައްޓާފައި ވަނީ އިސްކަންދަރު ސްކޫލުގަ އެވެ.
ވޯޓުލުން ކުރިއަށް ގެންދާނީ ހަވީރު 16:00 އާއި ހަމައަށެވެ.
ގއ. ގެމަނަފުށި އަދި ތ. ވިލުފުށި ޑަބްލިއުޑީސީގެ ވޯޓުލުންވެސް މިއަދު ކުރިއަށްދާއިރު މި ވޯޓުފޮށިތަކަށް ވޯޓުލާ މީހުންގެ ނިސްބަތް އަތޮޅުތެރޭ އަދި މާލޭގައިވެސް ދައްކަން ފާހަގަކުރެވެއެވެ.
އެގޮތުން 13:00 ޖެހުމާއި ހަމަޔަށް އޭގެތެރެއިން ވޯޓުލާފައިވަނީ 322 މީހުންނެވެ. ވޯޓުލުމުގެ ޝަރުތު ހަމަަވާ 2770 މީހުން އަދިވެސް ވޯޓުނުލާ ތިބިއިރު، ވޯޓު ނުލާ މީހުންގެ އިންސައްތަ އުޅެނީ 88.38 އިންސައްތާގައެވެ. އެހެންކަމުން މި ފޮށިތަކަށް ވޯޓުލާފައިވަނީ 16.62 އިންސައްތަ މީހުނެވެ.