ads
ކޮރޯނާ ވައިރަސް-- ފޮޓޯ: ޖުވިޝް ޕްރެސް
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން
ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަހަށް ވަކި ހާއްސަ ވެކްސިނެއް އަދި އުފެއްދިފައެއް ނުވެ އެވެ. އެ ވައިރަހާ ދެކޮޅަށް ބޭނުން ކުރާނެ ބޭހެއް ވެސް އަދި އުފެއްދިފައި ނުވާއިރު، ރައްކާތެރިވުމަށް މި ވަގުތު އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ތިމާގެ ހަށިގަނޑު ވައިރަހަށް ހުށަހެޅިދާނެހެން ހީވާ ހުރިހާ ކަމަކުން ދުރުވުމެވެ.

ވައިރަހުން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަން:

  • ސައިބޯންޏާއި ފެން ބޭނުންކޮށްގެން ގިނަގިނައިން އަތް ދޮވުން، ކޮންމެ ފަހަރަކު ވެސް އަތް ދޮވުމުގައި މަދުވެގެން 20 ސިކުންތު ހޭދަކުރުން
  • ސައިބޯންޏާއި ފެން ނެތް ނަމަ، ހޭންޑް ސެނިޓައިޒާ ބޭނުން ކުރުން
  • އަތް ނުދޮވެ ހުންނަ ވަގުތުތަކުގައި ލޮލާއި، ނޭފަތް އަދި އަނގައިގައި އަތްލުމުން ދުރުހެލިވުން
  • ބަލި މީހުން ކައިރިއަށް ނުދިޔުން
  • ބަލިވެ އުޅޭ ނަމަ ގޭގައި މަޑު ކުރުން
  • ކެއްސާ، ކިނބިހި އަޅާއިރު ޓިޝުލުން ނޭފަތާއި އަނގަމަތި ނިވާ ކުރުން، ވަގުތުން ޓިޝޫކޮޅު އެއްލާލުން
  • ގިނަގިނައިން އަތްލާ އުޅޭ ތަކެއްޗާއި ތަންތަން ގިނައިން ސާފުކޮށް، ޑިސްއިންފެކްޓުކޮށްފައި ބެހެއްޓުން

ޗައިނާއަށް ދަތުރު ކުރާ ނަމަ ކުރެވިދާނެ ކަންކަން:

  • ކޮންމެހެން ދާން ޖެހިގެން މެނުވީ ހުބެއި ޕްރޮވިންސަށް ނުދިޔުން
  • ބަލި މީހުންނާ ދުރުވުން
  • ޗައިނާއަށް ދަތުރު ކުރުމުގެ ކުރިން، ސިއްހީ ހިދުމަތްތެރިއަކާއެކު މަޝްވަރާ ކުރުން، އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވައިރަހުގެ ނުރައްކާ ބޮޑު
  • ޖަނަވާރުތަކާ ކައިރި ނުވުން، ޖަނަވާރު ވިއްކާ މާކެޓަށް ނުދިޔުން އަދި ޖަނަވާރުން އުފައްދާ ތަކެތިން ދުރުހެލިވުން (ނުކައްކާ ހުންނަ ގެރި މަސް)
  • ގިނަގިނައިން އަތް ދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުން ކުރުން
  • ޗައިނާއަށް ދަތުރު ކުރުމަށް ފަހު ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވާ ނަމަ އަވަހަށް ސިއްހީ އެހީތެރިކަން ހޯދުން

ކޮރޯނާ ވައިރަހަށް މި ވަގުތު ދެވެން އޮތް ފަރުވާ:

މިއީ މުޅިން އާ ވައިރަހަކަށް ވުމުން އަދި އެއްވެސް ވެކްސިނެއް އަދި ބޭހެއް އުފެއްދިފައެއް ނުވެ އެވެ. އެހެންކަމުން ދެވެން އޮންނަ ހަމައެކަނި ފަރުވާއަކީ ވައިރަހުގެ ސަބަބުން ދިމާވާ އަލާމާތްތަކަށް ދެވޭ ފަރުވާ އެވެ. 

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ކެއްސާ ކިނބިހި އެޅުން އަދި ނޭވާލާން އުނދަގޫވުން ހިމެނެ އެވެ. އަދި ބޮޑުވަރުވާ ހާލަތްތަކުގައި ބައެއް އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނެ އެވެ.

އެހެންކަމުން ވައިރަހުން ރައްކާތެރިވުމަށް އާއްމު ސިއްހަތަށް ބަލައިގެން އުޅުން ވަރަށް މުހިއްމެވެ. އަދި ބަލިވެ އުޅޭ ނަމަ އަވަހަށް ފަރުވާ ހޯދުން މުހިއްމެވެ. 

21%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް