އެއްފޮށި ބާކީ ނުގުނާ ހުރި އިރު އެމްޑީޕީ މެންބަރު މުހައްމަދު ރާޝިދުއަށް 1116 ވޯޓު ލިބިފައި ވއެވެ. އަދި ޕީޕީއެމްގެ މޫސާ ފަތުހީ އަށް ލިބިފައިވަނީ 923 ވޯޓު ލިބުނު އިރު އެމްއެންޕީގެ އަބްދުލް ހަންނާނު އިދްރީސް އަށް ލިބިފައިވަނީ 231 ވޯޓެވެ.
މިހާރު ނުގުނާ އިނީ އިސްކަންދަރު ސްކޫލުގައި ބެހެއްޓި 1 ނަމްބަރު ވޯޓުފޮށި އެކަންޏެވެ.
މިހާރު ށ ފޯކައިދޫގައި ރާޝިދަށް ލިބުނު ކާމިޔާބީ އާ ގުޅިގެން ގެންދަނީ އުފާފާޅު ކުރަމުންނެވެ. މިވަގުތު ރާޝިދު ހުންނެވީ ފޯކައިދޫގައިއެވެ. ރަށުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަންހެން ކަނބަލުންނާއެކު ރަށުގެ މަގުތަކުގައި ދަނީ އުފާ ފާޅުކުރަމުންނެވެ.