ads
އެމްޑީޕީ ސެއާޕާސަން ހަސަން ލަތީފް ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކޮމަންޑޫ ދާއިރާއިން ފެނިގެންދިޔައީ އެޖެންޑާ 19 އަށް އޮތް ތާއީދު: ހަސަން ލަތީފް
ކޮމަންޑޫ ދާއިރާއިން ފެނިގެ އެދިޔައީ އެޖެންޑާ 19 އަށް އޮތް ތާއީދު ކަމަށް އެމްޑީޕީން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާއިން އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިއަދު ބެއްވި  ބައި އިލެކްޝަނުން ހާމަވެގެން އެދިޔައީ އެޖެންޑާ 19 އަށް އޮތް ތާއީދު ކަމަށެވެ.

 ކޮމަންޑޫ ދާއިރާގެމިހާރު ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު 240 އަށްވުރެ ގިނަ ވޯޓުގެ ތަފާތު އެމްޑީޕީ ކެންޑިޑޭޓާ ޕީޕީއެމްގެ ކެންޑިޑޭޓާ ދެމެދު އެބަހުއްޓެވެ.

ޗެއާޕާސަން ހަސަން ވިދާޅުވީ އެޖެންޑާ 19 އިން ރައްޔިތުންނަށް ވައުދުވި ކަންކަމުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެހެންކަމުން އެކަމަށް ގިނަ ރައްޔިތުން ތާއީދު ކުރާ ކަމަށް ހަސަން ވިދާޅުވިއެވެ. 

މިއަދު ބޭއްވީ އިންތިހާބުގައި ނުފޫޒު ފޯރުވާފައިވާ ކަމަށޤ ޕީޕީއެމް އިން އަންނަނީ ބުނަމުންނެވެ. މިރޭ 8:30 ގައި ޕީޕީއެމްގެ ޕްރެސްއެއް ބޭއްވުމަށްވެސް އެޕާޓީން ވަނީ ތައްޔާރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް